ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް 60،000ރ. ސްކޭމްކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރު!
މުދާތަކެއް ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެ މައްސަލައަކާ ގުޅިގެން ތިން މީހުން ހައްޔަރުކޮށްފި އެވެ. އެ ދެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ އަލީ އައްފާނާއި އެރަށު ޕްލާޒާ، މުހައްމަދު ހަމީދާއި ނ. ވެލިދޫ ވީނަސް، ހައްސާނު އަލީ އެވެ. ފުލުހުން ބުނީ ހައްސާނު އަލީ މިދިޔަ މަހު ދެވަނަ ދުވަހު ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް މީހަކާ ވާހަކަ ދައްކައި ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުންް 30,000ރ. އަތުލާފައިވާ ކަމަށެވެ. އެ މައްސަލާގައި …