އަސާސީ ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމާއި، ވިޔަފާރީގެ އިތުރު ދާއިރާތައް ހިމެނޭހެން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު 5 އެއްބަސްވުމެއް ބަދަލުކޮށްފިއެވެ. މީގެތެރޭގައި ސަރުކާރާއެކު ޤާއިމުކުރި އެއްބަސްވުންތަކާއި، އަމިއްލަ ކުންފުނިތަކާއިއެކު ވި އެއްބަސްވުންތައްވެސް ހިމެނެއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ހަވާސާގެ ތެރެއިން ކުރިއަށް ގެންދިޔަ، ޗައިނާ މޯލްޑިވްސް އިންވެސްޓުމަންޓް ކޯޕަރޭޝަން ފޯރަމްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޒިންހުވާއެވެ.

ވިޔަފާރީގެ ދާއިރާއިން ޗައިނާއާއި ރާއްޖެއާ ދެމެދު 5 އެއްބަސްވުމެއް
ވިޔަފާރީގެ ދާއިރާއިން ޗައިނާއާއި ރާއްޖެއާ ދެމެދު 5 އެއްބަސްވުމެއް
ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫ ބަދަލުކުރުން. ފޮޓޯ:ޕީއެސްއެމް

އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ:

1- އިޤުތީޞާދީ މަސައްކަތްތަކުގައި ގުޅުން ބަދަހިކޮށް އެހީތެރިކަން ދިނުމަށް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ޗައިނާގެ ސަންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް، ދަ ސަންޔާ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯއާއި ދެމެދު އެއްބަސްވުން ޤާއިމުކުރުން.

2- ދިރާސާ ކުރުމާއި، އީޖާދީ މަސައްކަތްތަކާއި ތަމްރީން ދިނުމާއި، ދަނޑުވެރިކަމާ ގުޅޭ ޑެމޮންސްޓްރޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދު ޤާއިމުކުރި އެއްބަސްވުން.

3- ގަނޑުކުރި މަސް ބޭރު ކުރުމަށް މިފްކޯއާއި ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ވެފައިވާ އެއްބަސްވުން.

4- އަސާސީ ކާބޯތަކެއްޗާއި، އާއްމު އެކިއެކި މުދާ އެތެރެ ކުރުމާއި އެކަމަށް މަގުފަހިކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އެސްޓީއޯއާއި، ޒިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން.

5- މަހުގެ އުފެއްދުންތައް ބޭރު ކުރުމަށް ހޮރައިޒަން ފިޝަރީޒްއާއި ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ޤާއިމުކުރި އެއްބަސްވުން.

ވިޔަފާރީގެ ދާއިރާއިން ޗައިނާއާއި ރާއްޖެއާ ދެމެދު 5 އެއްބަސްވުމެއް
ވިޔަފާރީގެ ދާއިރާއިން ޗައިނާއާއި ރާއްޖެއާ ދެމެދު 5 އެއްބަސްވުމެއް
ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫ ބަދަލުކުރުން. ފޮޓޯ:ޕީއެސްއެމް

މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއަށް ވިޔަފާރީގެ އިތުރު ފުރުޞަތުތައް ފަހިވެ، އޭގެ މަންފާ އިޤުތިޞާދަށް ކުރާނެއެވެ. އަދި ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ރާއްޖެއަށް އިތުރު ފުރުޞަތުތައް ހޯދުމަށްވެސް މަގުފަހިވާނެއެވެ.

ފަތުވެރިކަމުގެ ދާއިރާއާއި ގްރީން އަދި ބްލޫ އިކޮނޮމީގެ މަސައްކަތްތަކާއި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގައި ޗައިނާއަކީ ވަރަށް ބޮޑު ދަޢުރެއް އަދާކުރަމުންދާ ޤައުމެކެވެ.