25 ހަފުތާގައި އުފަންވި ދަރިފުޅު ތިން މަހުގެ ފަރުވާއަށް ފަހު ގެއަށް
އަލަތު ދަރިފުޅަށް ބަލިވެއިން ކަން އެނގުމުން ފާތިމަތު ނިޒްނާއަށް ގުނަން ފެށުނީ އުފާވެރިކަމުގެ ދުވަސްތަކެކެވެ. ދަރިފުޅަށް ބޭނުންވާ އަންނައުނާއި ސާމާނުތައް ހޯދައި ވިހަން ތައްޔާރުވަމުން ދިޔަ ނަމަވެސް އުއްމީދުކުރި ގޮތަށް ކަންކަން ނުދިޔަ އެވެ. ދިމާވި ސިއްހީ ކަމަކުން، ބަނޑަށް 25 ހަފުތާ (ފަސް މަހުގައި) ޖެހުނީ ދަރިފުޅު ނަގާށެވެ. އެ ހިސާބުން އެ ދެމަފިރިންނަށް ފެށުނީ އުނދަގޫ ދިގު ދަތުރެކެވެ. ބަނޑަށް 25 ހަފުތާގައި އުފަންވި ތުއްތު ދަރިފުޅު، ހޮސްޕިޓަލުން ދޫކޮށްލުމުން، އެ ކުއްޖާއަށް ފަރުވާ ދިން ނަރުހުންނާއި މާ…