ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު ކްރޫޒްލައިނާއެއް ރާއްޖެއަށް އަތުވެއްޖެއެވެ. މި ކްރޫޒްލައިނުން ރާއްޖެ އައި ފަތުރުވެރިން ވަނީ މާލެއަށް ފައިބާފައެވެ.
މިއީ އިންޑިއާގެ "އެމްއެސް ކޯޑީލިއާ އެމްޕްރެސް" ނަމަކަށް ކިޔާ ކްރޫޒްލައިނެކެވެ. މި ކްރޫޒްލައިން ރާއްޖެ އައިސްފައިވަނީ އިންޑީގެ ކޮޗިންއިންނެވެ. މި ކްރޫޒްލައިނާއިން ރާއްޖެ އައި 1،473 ފަތުރުވެރިންނާއި އަދި 613 ކްރޫ މެންބަރުންނަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ.
ކޯޑީލިއާ ކްރޫޒްއަކީ އިންޑިއާގެ ކުންފުންޏެއްގެ ކްރޫޒްލައިނާއެކެވެ. މި ކްރޫޒްލައިނާގެ މައިގަނޑު މަންޒިލްއަކީ ރާއްޖެ، ސްރީލަންކާ އަދި އިންޑިއާގެ އެކި ސިޓީތަކެވެ.

އެމްޕްރެސް އޮފް ދަ ސީޒް ކުރޫޒް ޝިޕަކީ 1600 އާއި 1910 ދެމެދުގެ އަދަދަކަށް ފަސިންޖަރުންނާއި 671 ފަޅުވެރިން އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބޮޑު ކްރޫޒް ޝިޕެކެވެ.
ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިނާތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ގިނަ އަދަދަކަށް ކްރޫޒްލައިން ވަނީ އައިސްފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ކްރޫޒްލައިންތަކުން 15,583 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 8,263 ފަތުރުވެރިންނެވެ.