އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް އިތުރުކޮށް،
ޖުމްލަ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
އެވެ.
މި ނިންމުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ
އަންގާރަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރަށް ލިބިދެވޭ
މުސާރަ އާއި އިނާޔަތްތައް މުރާޖައާކޮށް، މުސާރަ ބޮޑުކުރަން ހުށަހެޅުއްވީ ވެރިކަންކުރާ
ޕީއެންސީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ.
އެ ނިންމުމަށް ބުދަ ދުވަހު ވޯޓަށް
އަހާފައިވާއިރު، 40 މެންބަރުންގެ އަޣުލަބިއްޔަތުން އެ ނިންމުން ވަނީ ފާސްކޮށްފަ
އެވެ.
ދާދި ފަހުން މަޖިލީހުން ވަނީ މަޖިލީހުގެ ރައީސްގެ
އިތުރުން ވަޒީރުންނަށް ލިބޭ މުސާރަ ބޮޑުކުރަން ވެސް ނިންމާފަ އެވެ.
މި ބަދަލުތަކާ ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު
އުފައްދަމުން ގެންދަނީ ކުންފުނިތަކުގެ އާދައިގެ މުވައްޒަފުން ވަކި ކުރަމުންދާ މިފަދަ
ދަނޑިވަޅެއްގައި ދައުލަތުގެ އިސް މަޤާމުތަކުގެ މުސާރަ ބޮޑުކުރުމަކީ އެކަށީގެންވާ ކަމެއްތޯ
ބައްލަވަން ޖެހޭނެ ކަމަށެވެ.