28 Oct 2026, 12:17
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،000އަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ހިމެނޭހެން ވަޒީރުންގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުންތަކަށް މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހައިފައެވެ.
އޭގެ ތެރެއިން މަޖިލީހުގެ ރައީސްގެ މުސާރައާއި ވަޒީރުންގެ މަޖިލީހުގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ ތެރެއިން 42 މެންބަރަކު ވޯޓުދިނީ މުސާރަ ބޮޑުކުރަން ފާސްކުރުމަށެވެ. ނުފެންނަ ކަމަށް 12 މެންބަރަކު ވޯޓު ދިނެވެ.
އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން އެހުމުން ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ ތެރެއިން 42 މެންބަރަކު މުސާރަ ބޮޑުކުރަން ފާސްކުރަން ފެންނަ ކަމަށް ވޯޓުދިން އިރު، ނުފެންނަ ކަމަށް ވޯޓުދިނީ 12 މެންބަރުންނެވެ.
ތަފުސީލް އަންނަނީ..