ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމުގެ ސަބަބުން ތަރައްޤީގެ އިސްކަންދޭ ދާއިރާތަކުގައި އެކަންކަން ބޭނުންކުރެވޭނެ ގޮތްތަކާމެދު ފުންކޮށް މަޝްވަރާކޮށް، ވިޔަފާރީގެ އަމަލީ ފުރުސަތައް މަގުފަހިކޮށްދޭނެކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިފަދައިން ވިދާޅުވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މިއީ މުހިންމު ފޯރަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މި ފޯރަމުގެ ސަބަބުން ރާއްޖެއަށް ކުރިއެރުން ލިބޭނެ ފުރުސަތުތައް ދެނެގަނެ އެ ދާއިރާތަކަށް އިސްކަން ދީގެން މަސައްކަތްކުރަން މަގުފަހިވެގެންދާނެކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ރާއްޖެއާ ޗައިނާގެ އިޤްތިޞާދުގައި ބޮޑެތި ތަފާތުތަކެއް ހުރިނަމަވެސް ދެ ޤައުމުން ގުޅިގެން ފައިދާވާނެ ޢަމަލީ މަސައްކަތްތައް ކުރުމަށް ގިނަ ފުރުސަތުތައް އޮތްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މިއީ އިގްތިސާދީ އެއްބާރުލުމުގެ އައު މަރުހަލާއަކަށް އެޅުނު ވަރުގަދަ ބިންގަލެއްކަމަށްވެސް ވިދާޅުވިއެވެ.

"މި ފޯރަމްއިން ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުންވެސް ބޭނުންވާ މިންވަރު ރަމްޒުކޮށްދޭ. މޯލްޑިވްސް އެކްސްޕޯ 2026 އާއެކު މި ފޯރަމް ކުރިއަށް ގެންދިއުމަކީ މި މަސައްކަތަށް ލިބޭ އިތުރު ކުރިއެރުމެއް." އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ފޯރަމުން ވިޔަފާރީގެ އަމަލީ ފުރުސަތުތަކަށް މަގުފަހިވާނެ: ވަޒީރު ސަޢީދު
ފޯރަމުން ވިޔަފާރީގެ އަމަލީ ފުރުސަތުތަކަށް މަގުފަހިވާނެ: ވަޒީރު ސަޢީދު
ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ވަޒީރު ވިދާޅުވީ، މި ފޯރަމުގެ އިތުރުން މިހާރު ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯގެ ސަބަބުން ޗައިނާގެ ކުންފުނިތަކުގެ އުފެއްދުންތަކާއި ޓެކްނޮލޮޖީ އަދި ޤާބިލުކަން ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒައާމަތުގައި، 2024 ވަނަ އަހަރު ދެ ޤައުމުގެ ގުޅުން ވަނީ އިތުރު ހަރުފަތަކަށް ގެންދެވިފައިކަމަށްވެސް ވަޒީރު ވިދާޅވުިއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއާ ޗައިނާގެ ގުޅުން ޤާއިމްވެފައިވަނީ ވިޔަފާރި، އިންވެސްޓްމަންޓް، އުމްރާނީ ތަރައްޤީ، އަދި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކުގެ މައްޗަށެވެ.

1 ޖެނުއަރީ 2025 ގައި އަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މިހާރުގެ އަމާޒަކީ، މި އެއްބަސްވުމުގެ ދަށުން ލިބިފައިވާ ފުރުސަތުތަކުގެ ބޭނުން ހިފައި، ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު އިތުރަށް ވަރުގަދަކުރުންކަމަށް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

ޗައިނާއަކީ ރާއްޖޭގެ އުމްރާނީ ކުރިއެރުމަށް ވަރަށް ގިނަ އެހީތަކެއް ވަމުންދާ ޤައުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފޯރަމުން ވިޔަފާރީގެ އަމަލީ ފުރުސަތުތަކަށް މަގުފަހިވާނެ: ވަޒީރު ސަޢީދު
ފޯރަމުން ވިޔަފާރީގެ އަމަލީ ފުރުސަތުތަކަށް މަގުފަހިވާނެ: ވަޒީރު ސަޢީދު
ފޯރަމުން ވިޔަފާރީގެ އަމަލީ ފުރުސަތުތަކަށް މަގުފަހިވާނެ: ވަޒީރު ސަޢީދު
ފޯރަމުން ވިޔަފާރީގެ އަމަލީ ފުރުސަތުތަކަށް މަގުފަހިވާނެ: ވަޒީރު ސަޢީދު