Live 5,570 stories Updated Sep 29, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުގެ އަނބިކަނބަލުން، ޑރ. ސިޓި ހަސްމާ މުހައްމަދު އަލީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ގަވާއިދާ ޚިލާފަށް ވިލިމާލެ ފަޅުގައި އަޅާފައި އޮތް 12 އުޅަނދެއް ޖޫރިމަނާކޮށްފި

ވިލިމާލެ ފަޅުތެރެ ތަރުތީބުކޮށް ބެލެހެއްޓުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ގަވާއިދާ ހިލާފަށް ފަޅު ބޭނުންކުރަމުންދިޔަ 12 އުޅަނދެއްގައި މާލެ ސިޓީ ކައުންސިލުން ޖޫރިމަނާ ކޮށްފިއެވެ.

މައުލޫމާތު ހޯދުމުގެ ދަތިތައް ހައްލުކުރަން އދ.އާއެކު މަސައްކަތް ކުރަނީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މައުލޫމާތު ފޯރުކޮށްދިނުމުގައި އިދާރާތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް، އދ.އާއެކު މަސައްކަތް ކުރަމުން އަންނަކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފިއެވެ.

މި އަހަރުގެ މިހާތަނަށް މާލޭގެ 180 މަގު މަރާމާތުކޮށްފި

މާލޭގެ މަގުތަކަކީ އަމާން، ރައްކާތެރި އަދި ހިނގާބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، މި އަހަރުގެ މިހާތަނަށް މާލޭގެ 180 މަގެއް މަރާމާތުކޮށް ނިންމައިފިއެވެ.

ތައިލެންޑަށް ދިމާވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސްގެ ހަމްދަރުދީގެ މެސެޖެއް

ތައިލެންޑަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ޙާދިސާގައި ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެޤައުމުގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލްއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ނުރައްކާތެރި މަގުމަތީ ހާދިސާތަކަށް ހައްލު ހޯދުމަށް އެދި ކުޑޫގެ ސިޓީއެއް

މާލެ ސަރަޙައްދުގައި ހިނގާ ނުރައްކާތެރި މަގުމަތީގެ ހާދިސާތައް އިތުރުވަމުން ދިއުމާ ގުޅިގެން އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެދި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވައިފިއެވެ.

ފުނަދޫ ފެޑް ސެންޓަރުގެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ: ޝިޔާމް

ށ. ފުނަދޫގައި ގާއިމުކޮށްފައިވާ ފެޑް ސެންޓަރުގެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ޓްރެކްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ: ރާފިއު

ހުޅުމާލެ ފޭސް1 ގައި ހަދާފައިވާ ސިންތެޓިކް ޓްރެކް ހަލާކުވެފައިވާތީ، ބައިނަލްއަގްވާމީ ސްޓޭންޑަޑްގެ އައު ސިންތެޓިކް ޓްރެކެއް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށަން ނިންމައިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

Loading fresh headlines…