ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން އެކްސްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ، ސެޕްޓެންބަރު 7 ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ދެ ޕެކޭޖެއް ބަލާފާސްކުރަމުންދިޔައިރު އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަން ފާހަގަކޮށް ކަސްޓަމްސް އިން ބުނީ، އަތުލައިގަނެފައިވަނީ ކެނަބިސް ކަމަށެވެ. އަދި އެ ތަކެތީގެ ބަރުދަނުގައި، 11،750 ގްރާމް ހުރި ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.