Live 3,144 stories Updated Jan 10, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ފެލިވަރު ކޯލްޑް ސްޓޯރޭޖް މިއަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފަށަނީ

ޅ.ފެލިވަރުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ދަށުން ތަރައްޤީކުރާ ކޯލްޑް ސްޓޯރޭޖް މިއަހަރުގެ މެދުތެރޭ ނިމި ބޭނުންކުރަން ފެށޭނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، (މިފްކޯ)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވެއްޖެއެވެ.

ކޮންމެ މީހަކަށް ވެސް އެހީތެރިކަން ބޭނުންވާ ދުވަހެއް އަަތުވެދާނެ: މިނިސްޓަރު

ކޮންމެ މީހަކަށް ކޮންމެ ވަގުތެއްގައި ވެސް އެހީއަށް ބޭނުންވާފަދަ ހާލަތެއް ކުރިމަތިވެދާނެކަން ދެނެގަނެ ނާޒުކު ހާލަތްތަކުގައިވާ މީހުންނަށް އެހީވުމަކީ މުޅި މުޖުތަމައުއަށް އޮތް ހެވެއް ކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމެންޓް ޑރ. އައިޝަތް ޝިހާމް ވިދާޅުވެއްޖެއެވެ.

ވެނެޒުއެލާއިން އެއްބާރުލުން ދޭތީ ހަމަލާތަކުގެ ދެވަނަ ފިޔަވަހި ކެންސަލްކޮށްފިން: ޓްރަމްޕް

ވެނެޒުއެލާއިން ދެމުންދާ އެއްބާރުލުމާ ގުޅިގެން، އެ ގައުމަށް ދޭން ރާވާފައިވާ ހަމަލާތަކުގެ ދެވަނަ ފިޔަވަހި ކެންސަލް ކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.

ދެ ގައުމުގެ ގުޅުމަށް ބިނާކުރަނިވި މަޝްވަރާ މުހިންމު: ނަމާލް

ސްރީ ލަންކާ އާއި ރާއްޖޭގެ ގާތް ގުޅުން ދެމިއޮތުމަށް ބިނާކުރަނިވި މަޝްވަރާ މުހިންމުކަމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

މި މަހުގެ 15އިން ފެށިގެން ހުރިހާ އައިނު ފިހާރައަކުން އާސަންދަ

ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާތީ މިމަހުގެ 15 އިން ފެށިގެން އެ ހިދުމަތް ހުރިހާ ކްލިނިކްތަކުންނާއި އައިނު ފިހާރަތަކުން ލިބޭނެކަމަށް ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހާމަކޮށްފި އެވެ.

ކުޑަރިކިލުގައި ސޯލާ ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ

ބ. ކުޑަރިކިލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގައި މަސައްކަތްތައް ކުރިއަށްގެންދާނެ ކެނޑިޑޭޓުން އިންތިޙާބުކުރުން މުހިއްމު: ރައީސް

ކައުންސިލް އިންތިޚާބުގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކެންޑިޑޭޓުން އިންތިޙާބުކުރުން މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާދަމް އާޒިމް ހޮވަން ޖެހެނީ އެމްއެމްޕީއާރުސީގެ ލިސްޓުގައި ނަން ނެތުމުން: ޑރ. ޑީޑީ

މިއަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމަށް ދެވަނަ ދައުރެއް ދޭން ޖެހެނީ އެމްއެންޕީއާރުސީގެ ވައްކަމުގެ ލިސްޓުގައި ނަން ނެތުމުންކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ.

Loading fresh headlines…