އޮރިޔާން ކާޑު ހަދައި، ބްލެކްމެއިލް ކުރި އަންހެނަކު 6 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހަ އަހަރަށް ޖަލަށްލާން ހުކުމް ކުރީ މަރްޔަމް ރިޔާސާ، މާލެ / ގ. ސައުތުބްރީޒްއެވެ.
ދައުލަތުން އުފުލި ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާއަށް އޭނާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ.
އެހެންކަމުން އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވާފައި ވަނީ ކޮންމެ ދައުވާއަކަށް ތިން އަހަރުގެ ޖަލު ހުކުމެކެވެ.