ދެކުނުގައި ޑުރަގުން ސަލާމަތްވުމަށް ފަރުވާ ދިނުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
07 Sep 2026, 18:51 ދެކުނުގެ ސަރަހައްދުގައި މަސްތުވާތަކެތީގެ ރިހެބިލިޓޭޝަނާއި ރިކަވަރީ މަރުހަލާގައި ހުރި ދަތިތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް އެއް މިސްރާބަކަށް ބައްޓަންކުރުމާއި އެހީތެރިކަން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކޮށްފައި ވަނީ، "ރީވިޒިޓިން ގެޕްސް އެންޑް ރިކަވަރީ އިން ދަ ސައުތު"ގެ ނަމުގައި މިއަދާ ހަމައަށް ކުރިއަށްދިޔަ ފޯރަމެއްގައެވެ. އެ ފޯރަމްގައި ފުލުހުންގެ އިތުރުން ޑްރަގް ކޯޓާއި އެންޑީއޭ އަދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބައިވެރިވިއެވެ. ކ…