Live 358,310 stories Updated Oct 27, 2026
Browse topics All stories

Latest stories

Live feed

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓޭ ގޮތަށް، ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިސާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހަދަނީ!

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓޭ ގޮތަށް، ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިސާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހެދޭ ގޮތަށް ގާނޫނުލްއުގޫބާތު ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ސްޕޮންސަރ ކުރައްވާ ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެކެވެ. އެގޮތުން، މި ބިލު ހުށަހެޅެމުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ ދިވެހިރާއްޖެއިން ގަތުލުއާންމުގެ ކުށް…

ބަގްސް ބަނީ ފަދަ ކެރެކްޓާތަކަށް އަޑު އަޅައިދިން އެރިކް ބައުޒާ މަރުވެއްޖެ

26 Oct 2026, 23:20 "ލޫނީ ޓިއުންސް" ކާޓޫނުގެ މަޝްހޫރު ކެރެކްޓާތައް ކަމަށްވާ ބަގްސް ބަނީ، ޑެފީ ޑަކް އަދި ޕޯކީ ޕިގަށް އަޑުއަޅައިދީގެން މަގުބޫލުކަން ހޯދި އެރިކް ބައުޒާ އުމުރުން 46 އަހަރުގައި މަރުވެއްޖެއެވެ. ބައުޒާ ކުއްލި ގޮތަކަށް މަރުވިކަން އާއިލާއިން ހާމަކުރީ ބައުޒާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ޝާއިއުކުރި ކުރު ބަޔާނެއްގައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް އާއިލާއިން ހާމައެއްނުކުރެއެވެ. ކެލިފޯނިއާގައި ހުންނަ އޭނާ ދިރިއުޅޭ ގޭގައި ބައުޒާ މަރުވީ ލޭމައްޗަށް ދިއުމާ ގުޅުންހުރި، ހިތާއި ލޭހޮޅިތ…

ސަޢުދީއަށް ދިފާއީގޮތުން އެހީތެރިވުމަށް މިޞްރުގެ ޤާނޫނުހަދާ މަޖިލީހުން ހުއްދަ ދީފި

ސަޢުދީ ޢަރަބިއްޔާއަށް ޙޫޘީން ދެމުންދާ ހަމަލާތަކުން އެ ޤައުމު ދިފާޢުވުމަށް އެހީތެރިވުމަށް މިޞްރުގެ ރައީސް އަބްދުލްފައްތާޙް އަލް-ސީސީ އެދިލައްވާ ގޮތަކަށް ޢަމަލުކުރެއްވުމުގެ ޙުއްދަ ދިނުމަށް މިޞްރުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ. ޤާނޫނުހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައި ވަނީ މިޞްރުން ސަޢުދީ ޢަރަބިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމާ އެއްކޮޅަށް ވޯޓު ދީފައެވެ. މި ނިންމުމާއެކު ސަޢުދީ ޢަރަބިއްޔާއާއި ޙޫޘީންގެ ދެމެދުގައި އޮތް ނުތަނަވަސްކަމުގެ ތެރޭގައި މިޞްރުގެ ސީދާ ބައިވެރިވުން އޮތުމަށް މަގުފަހިވ…

ގަތުލްއާންމު ކުށަކަށް ހަދަނީ 42 އަހަރު ކުރިން ބައިވެރިވި މުއާހަދާގައި ލާޒިމްކޮށްފައިވާތީ: އޭޖީ

ގަތުލުއާންމަކީ ޖިނާއީ ކުށެއް ކަމަށް ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ހިމަނަން ސަރުކާރުގެ ފަރާތުން ހުށަހެޅީ އެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ލާޒިމްކޮށްފައިވާތީ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ. ދައުލަތުގެ އިސް މަގާމުތައް ފުރާފައިވާ މީހުންނަށް އަދަބު ބޮޑުވާ ގޮތަށް ގަތުލްއާންމާއި އެކަމަށް ގޮވާލުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅާފައިވާއިރު އެ ބިލުގެ މަސައްކަތް މާދަމާ ރައްޔިތުންގެ މަ…

މާލޭގެ ތޮއްޖެހުން ހައްލުކުރުމުގެ ޕްލޭނަށް ޚިޔާލު ހޯދަނީ

މާލެ ސިޓީގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށްޓަކައި އައު އޮނިގަނޑެއް އެކުލަވާލަން ހަދާ ޕްލޭނަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. އެ އުސޫލުތައް އެކުލަވާލާފައި ވަނީ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ ފަންނީ އެހީތެރިކަމާއެކުއެވެ. އެ އުސޫލުތައް މިހާރު ވަނީ މާލެ ސިޓީ ކައުންސިލުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ. އެ އޮނިގަނޑުގެ ދަށުން، މާލޭގެ ވަކި ސަރަހައްދުތަކަށާއި ވަކި ވަގުތަށް ބަލައި ޕާކުކުރަނ…

ކަމެއް ޖަސްޓިފައި ކުރަންވީމަ ކުއްލިއަކަށް ބައިނަލްއަޤްވާމީ ޤާނޫނު ފެނިއްޖެ: މައުރޫފު

ކަމެއް ޖަސްޓިފައި ކުރަންވުމުން ކުއްލިއަކަށް ބައިނަލްއަޤްވާމީ ޤާނޫނު ފެނިއްޖެ އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޛް އަހްމަދު މައުރޫފު ވިދާޅުވެއްޖެ އެވެ.މައުރޫފް މިފަދައިން ވިދާޅުވެފައިވަނީ ބަންޑާރާ ނައިބު އަހުމަދު އުޝާމް ރަސްމާލެ މަޝްރޫއާ ދެކޮޅަށް އުފެދޭ އަޑުތައް ކަނޑުވާލުމަށް ސަރުކާރުން ގާނޫނުލްއުގޫބާތަށް ބަދަލު ގެނެސް، ޔަހޫދީންނާއި ދެކޮޅަށް ވެސް އަޑުނުއުފުލޭ ގޮތަށް މާނަކުރެވޭ މާއްދާތަކަކާއެކު ގަތުލުއާންމުގެ ކުށަށް ބޮޑު އަދަބެއް ކަނޑައަޅަން މަޖިލީހަށް ހުށަހެޅި ބިލުގެ ދިފާއުގައި ކުރެއް…

ނުކަތާ މިންވަރަށް ލޯނު ނަގައި، އެމްޑީޕީން އޮތީ ގައުމު ލޫޓުވާލާފައި: ޝުޖާއު

ރާއްޖޭގެ ތާރީހުގައި އެއްވެސް ސަރުކާރަކުން ނުނަގާ މިންވަރަށް ލޯނު ނަގައި ގައުމު ލޫޓުވާލީ އެމްޑީޕީ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހަޅުއްވާފައިވާ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައީ ފަޅުރަށަކާއި ލެޕްޓޮޕަކުން ގައުމު…

އެރައިޒް މަޝްރޫޢު: 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރަނީ

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ "އެކްސެލަރޭޓިންގ ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ" (އެރައިޒް) މަޝްރޫޢުގެ ދަށުން، 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރުމަށް ބޭނުންވާ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ސޯލާ ޕީވީ މަޝްރޫޢު ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެރައިޒް މަޝްރޫއުގެ ދަށުން ހިންގާ 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރުމަށް ސޮއިކޮށްފައިވަނީ ޕަވަރ ޕަރޗޭސް އެގްރީމަންޓް (ޕީޕީއޭ) …

މަރްޔަމް މޫސާގެ މަރުގެ ދިޔައަށް އެއް މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ލ. ކައްދޫގައި މަރްޔަމް މޫސާ ނަމަކަށް ކިޔާ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެ މީހާ މަރުވި މައްސަލާގައި، ސައިކަލް ދުއްވި މީހާގެ މައްޗަށް މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. އެ މައްސަލައިގައި އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ލ.ފޮނަދޫ ހޯރަވިލާ، މުހައްމަދު ނައުސާނެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ މީހަކު މަރުވެ ދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ…

ކަސްޓަމްސްއަށް ނުލިބޭ ފައިސާ ކޮންމެ އަހަރަކު އިތުރުވެ، 461 މިލިއަން ރުފިޔާއަށް އަރާ: އޮޑިޓް

26 Oct 2026, 22:22 މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 2023 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 461 މިލިއަން ރުފިޔާ ނުލިބި ހުރިކަން އެ މުއައްސަސާގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ އަހަރުގެ ނިޔަލަށް އެ އިދާރާއަށް ލިބެންޖެހޭ ޖުމްލަ ފައިސާގެ އަދަދު 461,016,716 ރުފިޔާއަށް އަރައެވެ. މި ފައިސާ ހޯދުމަށް ވަގުތީ ގޮތުން ޚިދުމަތް މެދުކަނޑާލުން …

"ޤަތުލުއާންމާ ގުޅޭ އިސްލާހު ހުށަހެޅީ ލާޒިމްކަމަކަށްވާތީ"

"ޤަތުލުއާންމާ ގުޅޭ އިސްލާހު ޤާނޫނުލްޢުގޫބާތަށް ސަރުކާރުން ހުށަހެޅުއްވީ އެއީ ބައިނަލްއަޤްވާމީ ޤާނޫނުން ރާއްޖެއިން ކުރުން ލާޒިމްކަމަކަށްވާތީ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޤާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅޭގޮތުން ސައްޙަ ނޫން މައުލޫމާތު ފަތުރަމުންދާތީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއް…

ވިލުފުށީ ހައުސިން ޔުނިޓްތަކަށް ކުރިމަތިލި މީހުންނަށް ލިބުނު ޕޮއިންޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ވެރިފިކޭޝަން މަރުހަލާ ނިންމައި އެ މީހުންނަށް ލިބުނު ޕޮއިންޓު ހިޔާވެހި ޕޯޓަލްގައި އާންމުކޮށްފިއެވެ. ހައުސިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލާ އެއްގޮތަށް ވެރިފިކޭޝަން މަރުހަލާ ނިމިފައިވާ ކަމަށެވެ. އެ ހައުސިން ޔުނިޓުތަކަށް އެދި ފޯމު ހުށަހެޅި މީހުން ހިޔާ…

Loading fresh headlines…