Live 358,330 stories Updated Oct 27, 2026
Browse topics All stories

Latest stories

Live feed

މާލޭގެ ތޮއްޖެހުން ހައްލުކުރުމުގެ ޕްލޭނަށް ޚިޔާލު ހޯދަނީ

މާލެ ސިޓީގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށްޓަކައި އައު އޮނިގަނޑެއް އެކުލަވާލަން ހަދާ ޕްލޭނަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. އެ އުސޫލުތައް އެކުލަވާލާފައި ވަނީ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ ފަންނީ އެހީތެރިކަމާއެކުއެވެ. އެ އުސޫލުތައް މިހާރު ވަނީ މާލެ ސިޓީ ކައުންސިލުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ. އެ އޮނިގަނޑުގެ ދަށުން، މާލޭގެ ވަކި ސަރަހައްދުތަކަށާއި ވަކި ވަގުތަށް ބަލައި ޕާކުކުރަނ…

ކަމެއް ޖަސްޓިފައި ކުރަންވީމަ ކުއްލިއަކަށް ބައިނަލްއަޤްވާމީ ޤާނޫނު ފެނިއްޖެ: މައުރޫފު

ކަމެއް ޖަސްޓިފައި ކުރަންވުމުން ކުއްލިއަކަށް ބައިނަލްއަޤްވާމީ ޤާނޫނު ފެނިއްޖެ އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޛް އަހްމަދު މައުރޫފު ވިދާޅުވެއްޖެ އެވެ.މައުރޫފް މިފަދައިން ވިދާޅުވެފައިވަނީ ބަންޑާރާ ނައިބު އަހުމަދު އުޝާމް ރަސްމާލެ މަޝްރޫއާ ދެކޮޅަށް އުފެދޭ އަޑުތައް ކަނޑުވާލުމަށް ސަރުކާރުން ގާނޫނުލްއުގޫބާތަށް ބަދަލު ގެނެސް، ޔަހޫދީންނާއި ދެކޮޅަށް ވެސް އަޑުނުއުފުލޭ ގޮތަށް މާނަކުރެވޭ މާއްދާތަކަކާއެކު ގަތުލުއާންމުގެ ކުށަށް ބޮޑު އަދަބެއް ކަނޑައަޅަން މަޖިލީހަށް ހުށަހެޅި ބިލުގެ ދިފާއުގައި ކުރެއް…

ނުކަތާ މިންވަރަށް ލޯނު ނަގައި، އެމްޑީޕީން އޮތީ ގައުމު ލޫޓުވާލާފައި: ޝުޖާއު

ރާއްޖޭގެ ތާރީހުގައި އެއްވެސް ސަރުކާރަކުން ނުނަގާ މިންވަރަށް ލޯނު ނަގައި ގައުމު ލޫޓުވާލީ އެމްޑީޕީ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހަޅުއްވާފައިވާ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައީ ފަޅުރަށަކާއި ލެޕްޓޮޕަކުން ގައުމު…

އެރައިޒް މަޝްރޫޢު: 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރަނީ

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ "އެކްސެލަރޭޓިންގ ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ" (އެރައިޒް) މަޝްރޫޢުގެ ދަށުން، 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރުމަށް ބޭނުންވާ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ސޯލާ ޕީވީ މަޝްރޫޢު ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެރައިޒް މަޝްރޫއުގެ ދަށުން ހިންގާ 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރުމަށް ސޮއިކޮށްފައިވަނީ ޕަވަރ ޕަރޗޭސް އެގްރީމަންޓް (ޕީޕީއޭ) …

މަރްޔަމް މޫސާގެ މަރުގެ ދިޔައަށް އެއް މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ލ. ކައްދޫގައި މަރްޔަމް މޫސާ ނަމަކަށް ކިޔާ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެ މީހާ މަރުވި މައްސަލާގައި، ސައިކަލް ދުއްވި މީހާގެ މައްޗަށް މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. އެ މައްސަލައިގައި އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ލ.ފޮނަދޫ ހޯރަވިލާ، މުހައްމަދު ނައުސާނެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ މީހަކު މަރުވެ ދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ…

ކަސްޓަމްސްއަށް ނުލިބޭ ފައިސާ ކޮންމެ އަހަރަކު އިތުރުވެ، 461 މިލިއަން ރުފިޔާއަށް އަރާ: އޮޑިޓް

26 Oct 2026, 22:22 މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 2023 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 461 މިލިއަން ރުފިޔާ ނުލިބި ހުރިކަން އެ މުއައްސަސާގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ އަހަރުގެ ނިޔަލަށް އެ އިދާރާއަށް ލިބެންޖެހޭ ޖުމްލަ ފައިސާގެ އަދަދު 461,016,716 ރުފިޔާއަށް އަރައެވެ. މި ފައިސާ ހޯދުމަށް ވަގުތީ ގޮތުން ޚިދުމަތް މެދުކަނޑާލުން …

"ޤަތުލުއާންމާ ގުޅޭ އިސްލާހު ހުށަހެޅީ ލާޒިމްކަމަކަށްވާތީ"

"ޤަތުލުއާންމާ ގުޅޭ އިސްލާހު ޤާނޫނުލްޢުގޫބާތަށް ސަރުކާރުން ހުށަހެޅުއްވީ އެއީ ބައިނަލްއަޤްވާމީ ޤާނޫނުން ރާއްޖެއިން ކުރުން ލާޒިމްކަމަކަށްވާތީ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޤާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅޭގޮތުން ސައްޙަ ނޫން މައުލޫމާތު ފަތުރަމުންދާތީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއް…

ވިލުފުށީ ހައުސިން ޔުނިޓްތަކަށް ކުރިމަތިލި މީހުންނަށް ލިބުނު ޕޮއިންޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ވެރިފިކޭޝަން މަރުހަލާ ނިންމައި އެ މީހުންނަށް ލިބުނު ޕޮއިންޓު ހިޔާވެހި ޕޯޓަލްގައި އާންމުކޮށްފިއެވެ. ހައުސިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލާ އެއްގޮތަށް ވެރިފިކޭޝަން މަރުހަލާ ނިމިފައިވާ ކަމަށެވެ. އެ ހައުސިން ޔުނިޓުތަކަށް އެދި ފޯމު ހުށަހެޅި މީހުން ހިޔާ…

ހޮޓާތަކާއި ކެފޭތައް ހިމެނޭ ގޮތަށް، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ 230 ތަނެއް ބަލައިފި

26 Oct 2026, 20:36 މާލެ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ހޮޓާތައް ފަދަ ތަންތަން ހިމެނޭހެން، ދުންފަތާ ގުޅުންހުރި ގާނޫނު ތަންފީޒުކުރޭތޯ 230 ތަނެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބަލައި، 97 ތަނަކަށް ނަސޭހަތް ދީފިއެވެ. އެޗްޕީއޭއިން އަންނަނީ، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަމަލުކުރާ މިންވަރާއި، އެ ތަކެތި ވިއްކާ ވިޔަފާރިތަކުގައި ލައިސެންސް އޮތްތޯ ބަލައި، ގަވައިދާ ޚިލާފަށް ދުންފަތް ބޭނުންކުރުމުން ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ވެސް ފިޔަވަޅު އަޅަމުންނެވެ. އެ އިދާރާ…

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ރާއްޖެއަށް ތާރީޚީ ޕޮއިންޓެއް

26 Oct 2026, 20:44 އަޒަރުބައިޖާނުގެ ބާކޫގައި ކުރިއަށްދާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026 ގައި، ދިވެހިރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ފަހަތުން އަރާ އަންގީލާ ބަލިކޮށް ތާރީޚީ ޕޮއިންޓެއް ހޯދަައިފިއެވެ. ރާއްޖެއިން މެޗުގެ ނަތީޖާ އެއްވަރުކުރީ އަންގީލާ އިން ތިން ލަނޑު ޖަހާފައިވަނިކޮށް ފަހަތުންއަރާ ތިން ލަނޑު ކާމިޔާބުކޮށް 3-3 ގެ ނަތީޖާއަކުންނެވެ. ހޮވްސަން ކޮމްޕެޓިޝަން ކޮމްޕްލެކްސްގައި ކުޅުނު މި މެޗުގެ ފުރަތަމަ 23 މިނެޓުގެ ތެރޭގައި އަންގީލާއިން ވަނީ ތިން ގޯލުގެ…

ޕާކު ކުރުމަށް އަގު ނެގުން ހިމެނޭ، މާލެ ތޮއްޖެހުން ހައްލުރުމުގެ ޕްލޭނަށް ޚިޔާލު ހޯދަނީ

26 Oct 2026, 21:18 މާލެ ސިޓީގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް ޓަކައި، އުޅަނދުފަހަރު ޕާކުކުރުން ހުއްދަވާނެ، މަނާވާނެ އަދި އަގު ނެގޭނެ ސަރަހައްދުތައް ސާފުކޮށް ބަޔާންކުރާ އައު އޮނިގަނޑެއް އެކުލަވާލުން ހިމެނޭ ޕްލޭނަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ ފަންނީ އެހީތެރިކަމާއެކު އެކުލަވާލާފައިވާ މި އުސޫލުތައް މިހާރު ވަނީ ސިޓީ ކައުންސިލުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮ…

ށ. ފީވަކު ކުޑަކުދިންގެ ޕާކް މަޝްރޫއު: މަސައްކަތް ފެށިތާ އަހަރެއް ވެގެން ދިޔަ އިރު އަދި ރޭނުނީ ވަށާފާރު!

ށ. ފީވަކުގައި ފަށާފައިވާ ކުޑަކުދިންގެ ޕާކުގެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ފީވަކު ކައުންސިލުގެ ނައިބު ރައީސް އަލީ ރިޒާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި މަޝްރޫއަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ރައީސް މުއިއްޒު ފައްޓަވާދެއްވާފައިވާ މަޝްރޫއެއް ކަމަށެވެ. ނަމަވެސް މި މަސައްކަތް ފެށިތާ އަހަރެއް ވެގެން ދިޔައިރު މަސައްކަތް ކުރިއަށް ނ…

Loading fresh headlines…