Live 358,305 stories Updated Oct 27, 2026
Browse topics All stories

Latest stories

Live feed

ތުއްތުއިރު ދެވޭ ފޮނި ކާނާއިން ކުދިން ކެއުމާ ދުރުކުރެވޭ: ޞިއްޙީ މާހިރުން

27 Oct 2026, 09:09 ތުއްތު ދުވަސްވަރު ކުދިންނަށް ދެވޭ ކާނާއަކީ މުޅި ޢުމުރަށް އެ ކުދިންގެ ކެއުމުގެ ވައްޓަފާޅި އާއި ހަށިގަނޑުގެ ދުޅަހެޔޮކަން ބައްޓަންކުރުމުގައި އެންމެ މުހިންމު ބިންގާ ކަމަށް އިންޑިއާގެ ކެރެލާ ސްޓޭޓްގެ އެމްއީއެސް މެޑިކަލް ކޮލެޖުގެ ޕީޑިއަޓްރިކްސް ޕްރޮފެސަރު، ޑރ. ޕުރުޝޯތަމަން ވިދާޅުވެއްޖެއެވެ. ޑރ. ޕުރުޝޯތަމަން ފާހަގަކުރެއްވި ގޮތުގައި ތުއްތު ދުވަސްވަރު ކާނާ އިޚްތިޔާރުކުރުމުގައި ފަރުވާކުޑަކޮށްލެވޭ ކުދިކުދި ކަންކަމަކީ ވެސް ކުއްޖާގެ މުސްތަގުބަލުގެ ޞިއްޙަތަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަންކ…

އެމްޓީސީސީ ބަލިކޮށް ވެމްކޯއިން ލީގާ ފިޔަވަޅަކާ ގާތައް ޖެހިލައިފި

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގުގައި ކުލަބް އެމްޓީސީސީގެ މައްޗަށް ކުރިހޯދައި، ކުލަބް ވެމްކޯއިން ލީގު ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ. މި ފަހަރުގެ ލީގުގެ ފުރަތަމަ މެޗުގައި ވެމްކޯއިން ނުކުތީ ސިޓީ ފްރެންޑްސް ކުލަބާ ދެކޮޅަށެވެ. އެ މެޗު ސީދާ ތިން ސެޓުން ވެމްކޯ ކާމިޔާބުކުރިއިރު، ދެވަނަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބްގެ މައްޗަށް ވެމްކޯއިން ކުރިހޯދީ 3-1 ސެޓުންނެވެ. ހޯމަ ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ވެމްކޯގެ ތިންވަނަ މެޗު ކުޅުނީ އެމްޓީސީސީއާ ދެކޮޅަށެވެ. މި މެޗު …

މޫނުމައްޗަށް އަރާ ލޮޅުމަކުން ދަތްދޮޅީގެ ހުޅަށް ބޮޑު ގެއްލުމެއް ލިބިދާނެ

27 Oct 2026, 09:16 ނުރައްކާތެރި އެކްސިޑެންޓެއް، އުސް ތަނަކުން ވެއްޓުމެއް ނުވަތަ ކުޅިވަރުގެ ތެރޭގައި މޫނުމައްޗަށް އަރާ ކުއްލި ލޮޅުމަކީ ބޭރުފުށުން ފެންނަން ހުންނަ ޒަޚަމަކަށްވުރެ ބޮޑަށް، އެތެރޭގެ ހުޅުތަކަށް އޭގެ އަސަރު ފޯރާނެ ނުރައްކާތެރި ކަމެކެވެ. ޚާއްޞަކޮށް ކަންފަތުގެ ދެފަރާތުގައި އިންނަ ދަތްދޮޅީގެ މައި ހުޅު ނުވަތަ "ޓެމްޕޮރޯމެންޑިބިއުލާ ޖޮއިންޓް" (ޓީއެމްޖޭ)އަށް މިފަދަ ޙާދިސާތަކުގައި ސީދާ ގެއްލުން ލިބުމުގެ ފުރުޞަތު ބޮޑެވެ. މި މުހިންމު ހުޅަކީ އަނގަ ހުޅުވައި ލެއްޕުމާއި، ކާތަކެތި ހެފުމާއި، ވާހަކަދެއް…

ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް: ޒުވާން ކުޅުންތެރިންނަށް ލިބޭ ފަހި ފުރުސަތެއް

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން އެކަޑަމީތަކުގެ ކުޅުންތެރިންނަށް ކުރިއަށްގެންދިޔަ ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕްގެ ސަބަބުން ޒުވާން ކުޅުންތެރިންގެ ހުނަރުތައް ތަރައްޤީވެގެންކުރުމަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދެއެވެ. މިމުބާރާތަކީ ޒުވާން ކުޅުންތެރިން އުފެއްދުމަށް އެސޯސިއޭޝަނު ހިފާފައިވާ އަމާޒުގެ ދަށުން ކާމިޔާބުކަމާއެކު ނިންމާލި މުބާރާތެކެވެ. މިމަހުގެ މިމަހުގެ 19 އިން 26 ގެ ނިޔަލަށް ސިންތެޓިކް ނެޓްބޯޅަ ކޯޓުގައި ކުރިއަށްގެންދިޔަ މިމުބާރާތުގައި ހަތަރު އުމުރުފުރާއަކުން 2…

ގްރޮކް އޭއައި އިން އުފައްދާ 'ދި އޮޑިސީ'ގެ ފުރަތަމަ އެޕިސޯޑް އާންމުކޮށްފި

27 Oct 2026, 09:21 އިލޮން މަސްކްގެ އެކްސްއޭއައިއިން ތަރައްގީކޮށްފައިވާ ގްރޮކްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ތައްޔާރުކުރާ "ދި އޮޑިސީ" ފިލްމު ސީރީޒްގެ ފުރަތަމަ އެޕިސޯޑް ގްރޮކް އިމޭޖިން އިން އާންމުކޮށްފިއެވެ. ހަތް މިނެޓުގެ މި އެޕިސޯޑަކީ ވާންޑާ ސްޓޫޑިއޯސް އަދި ޑައިރެކްޓަރު ދެވް އޯކާއާ ގުޅިގެން އުފައްދާފައިވާ ބައެކެވެ. މީގެ ތިން މަސް ކުރިން މަސްކް ވަނީ ގްރޮކް ބޭނުންކޮށްގެން ތާރީޚީ ވާހަކަ "ދި އޮޑިސީ" ގެ ހަގީގަތްތަކާ އެއްގޮތް ފުރިހަމަ ފީޗާ ފިލްމެއް އަހަރު ނިމުމުގެ ކުރިން ނެރޭނެ ކަމަ…

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

މުޖުތަމަޢުގެ ލާބައާއި މަންފާއާއި ޤައުމުގެ ކުރިއެރުމަށް އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ދޭ "ރެހެންދި އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 2026 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ. މި އެވޯޑަކީ، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ …

ޝަރަފުވެރި ބެލޮންޑޯ ހާސިލުކޮށް ހެރީ ކޭން ތާރީޚުގެ ތެރެއަށް

27 Oct 2026, 07:49 ފްރާންސް ފުޓްބޯޅަ މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އެވޯޑު ކަމަށްވާ ބެލޮންޑޯ އެވޯޑު 2026 އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ޖަރުމަނުގެ ބަޔާން މިއުނިކްގެ އިތުބާރު ފޯވާޑް ހެރީ ކޭން ކާމިޔާބުކޮށްފިއެވެ. އިނގިރޭސިވިލާތުގެ ލަންޑަންގެ ޕެލޭޑިއަމް ތިއޭޓަރުގައި ރޭ ބޭއްވި ކުލަގަދަ ޝަރަފުވެރި ރަސްމިއްޔާތުގައި، މި އެވޯޑު ކޭން އަށް ހަވާލުކޮށްދިނީ ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯއެވެ. މި ކާމިޔާބީއާއެކު ހެރީ ކޭން ވެގެން ގޮސްފައިވަނީ ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރ…

ޒުވާން ތަރިން ފަހަތަށް ޖައްސާލުމަށްފަހު މެސީއަށް ބެލޮންޑޯ އެވޯޑުގެ ފަސްވަނަ

27 Oct 2026, 08:14 ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އެވޯޑު ކަމަށްވާ ބެލޮންޑޯ އެވޯޑުގެ ފަސްވަނަ މަގާމު ހޯދައި، އާޖެންޓީނާގެ ލެޖެންޑް ލިއޮނަލް މެސީ މުޅި ފުޓްބޯޅަ ދުނިޔެ ސިއްސުވާލައިފިއެވެ. އުމުރުން 39 އަހަރުގައި، އެމެރިކާގެ މޭޖަރ ލީގު ސޮކާގެ އިންޓަ މިއާމީއަށް ކުޅެމުންދާ މެސީ ވަނީ ޔޫރަޕްގެ ވަރުގަދަ ކްލަބްތަކަށް ކުޅޭ ދުނިޔޭގެ އެންމެ މޮޅެތި ޒުވާން ތަރިން ފަހަތަށް ޖައްސާލުމަށްފަހު މި ޝަރަފުވެރި މަގާމު ހޯދާފައެވެ. ލަންޑަންގެ ޕެލޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި މިއަހަރުގެ ބެލޮންޑޯ އެވޯޑު ބަޔާން މި…

އެލްޖީއޭ ބޯޑުގެ އިންތިޚާބު: ފަހުގެ ތައްޔާރީތައް ނިމިއްޖެ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެވެ. އެލްޖ…

ބެލޮން ޑޯ އެވޯޑް ކޭންއަށް: ތާރީހީ ޝަރަފު 25 އަހަރަށް ފަހު އިނގިރޭސި ކުޅުންތެރިޔަކަށް

އަހަރުގެ ބެލޮން ޑޯ އެވޯޑު އިނގިރޭސި ފޯވާޑް ހެރީ ކޭން ކާމިޔާބުކޮށްފި އެވެ. މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ ޝަރަފުވެރި ފަރުދީ އެވޯޑު އިނގިރޭސި ކުޅުންތެރިޔަކު ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ވޯޑް ހޯދި އިނގިރޭސި ކުޅުންތެރިޔަކީ 2011 ގެ އެވޯޑް ކާމިޔާބު ކުރީ އިނގިރޭސި ފޯވާޑް މައިކަލް އޮވެން އެވެ. އުމުރުން 33 އަހަރުގެ ކޭން އެވޯޑް ގެންދިޔައީ ސްޕެއިންގެ ފޯވާޑް ލަމީން ޔަމާލާއި ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭއާ ވާދަކޮށެވެ. ފްރާންސްގެ ކުޅިވަރު ނޫސް ލެކީޕް އިން އިންތިޒާމްކުރާ މި …

ސިކްސް ކިންގްސް ކަޕްގައި ސިނާ ކުޅޭނެ

އަންނަ ޑިސެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ސިކްސް ކިންގްސް ކަޕްގައި ވާދަކުރާނެކަމަށް ޔަނިކް ސިނާ ބުނެފިއެވެ. އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ސިނާ ވަނީ ކުރިން މި މުބާރާތުގައި ވާދަނުކުރާނެކަމަށް ބުނެފައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކުރިން މި މުބާރާތް ބޭއްވުމަށް އޮތް ތާރީޚު މިހާރުވަނީ ޑިސެމްބަރު މަހަށް ފަސްކޮށްފައެވެ. ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އިޓަލީގެ ޔަނިކް ސިނާ މި ފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު އޭނާ ވަނީ މީގެ ކ…

މައްސަލަ ދިމާވީ ފަތްޖެހޭ މަދު ފޯނަކަށް، ހިލޭ ބަދަލުކޮށްދޭނަން: އެޕަލް

އެޕަލްއިން އެންމެ ފަހުން ބާޒާރަށް ނެރުނު، އެ ކުންފުނީގެ ފުރަތަމަ ފަތްޖެހޭ ފޯނު "އައިފޯން ޑުއޯ" ގެ އެތެރޭ ސްކްރީން ވަރަށް ފަސޭހައިން ހަލާކުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހުން ޝަކުވާކުރަމުން ދަނިކޮށް މިއީ އާންމު މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ދިމާވި މަދު ފޯނުތަކަށް ބަދަލުގައި ފޯނު ދޭނެ ކަމަށް އެޕަލް އިން ބުނެފި އެވެ. މިއީ ފަތްޖެހޭ ފޯނަށް މިކަން ދިމާވާކަން އެޕަލްއިން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ. އެޕަލްއިން ނެރުނު ބަޔާނެއްގައި ބުނީ، އައިފޯން ޑުއޯ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ސ…

Loading fresh headlines…