މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގުގައި ކުލަބް އެމްޓީސީސީގެ މައްޗަށް ކުރިހޯދައި، ކުލަބް ވެމްކޯއިން ލީގު ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ.
މި ފަހަރުގެ ލީގުގެ ފުރަތަމަ މެޗުގައި ވެމްކޯއިން ނުކުތީ ސިޓީ ފްރެންޑްސް ކުލަބާ ދެކޮޅަށެވެ. އެ މެޗު ސީދާ ތިން ސެޓުން ވެމްކޯ ކާމިޔާބުކުރިއިރު، ދެވަނަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބްގެ މައްޗަށް ވެމްކޯއިން ކުރިހޯދީ 3-1 ސެޓުންނެވެ.
ހޯމަ ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ވެމްކޯގެ ތިންވަނަ މެޗު ކުޅުނީ އެމްޓީސީސީއާ ދެކޮޅަށެވެ. މި މެޗު ވެމްކޯއިން ގެންދިޔައީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި އެމްޓީސީސީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-17 އިންނެވެ. އެކަމަކު ޖެހިގެން އައި ދެވަނަ ސެޓުގައި އެމްޓީސީސީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ވެމްކޯއަށް ރަނގަޅު ފައިޓެއް ދީފައެވެ. މި ސެޓު 25-23 އިން އެމްޓީސީސީން ގެންދިޔައެވެ.
އެކަމަކު މެޗުގެ ފަހު ދެ ސެޓުގައި އެމްޓީސީސީގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މި ދެ ސެޓު ވެމްކޯއިން ފަސޭހަކަމާއެކު 25-16 އަދި 25-16 އިން ކާމިޔާބުކުރިއެވެ.
މި ނަތީޖާއާއެކު އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމާ ވެމްކޯ ވަނީ ފިޔަވަޅަކާ ގާތައް ޖެހިލައިފައެވެ. ވެމްކޯއަށް ލީގު ކާމިޔާބުކުރަން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
ލީގުގެ އެއްވަނައިގައި ވެމްކޯ އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޕޮލިހަށް ތިން މެޗުން ލިބެނީ ހަ ޕޮއިންޓެވެ.
އެމްޓީސީސީ ބަލިކޮށް ވެމްކޯއިން ލީގާ ފިޔަވަޅަކާ ގާތައް ޖެހިލައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed