ނުރައްކާތެރި މިންވަރަށް ވައި ނުސާފު ދުވަހެއް!
ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ނުރައްކާތެރި މިންވަރަށް ވައި ނުސާފު ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފި އެވެ. އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މާލޭގައި ވައިގެ ކޮލިޓީ މިވަގުތު ހުރީ 102 ގަ އެވެ. މިއަދު އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ އުތުރުގެ ރަށްރަށަށެވެ. ހދ. ކުޅުދުއްފުށީގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، އެ ރަށުގައި ވައިގެ ކޮލިޓީ ހުރީ 170 ގަ އެވެ. އަދި ށ. ފުނަދޫގައި ހުރީ 162 ގަ އެވެ. އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުން…