Live 358,290 stories Updated Oct 27, 2026
Browse topics All stories

Latest stories

Live feed

ދީނާ، އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ހުކުމްކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ދެންމެ އިއްވައިފި އެވެ. ދީނާގެ މައްޗަށް ދައުވާކުރަނީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ. އެ މައްސަލައިގައި ދީނާގެ މައްޗަށް އު…

ޖިންސީ ގޯނާގެ މައްސަލަ ސާބިތުވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: ވެމްކޯ

ތިނަދޫ ސިޓީގައި ހިނގި ބަދުއަހްލާގީ އަމަލެއްގެ މައްސަލައިގައި އެ ކޯޕަރޭޝަނުގެ މުވައްޒަފަކަށް ކުށް ސާބިތުވެއްޖެނަމަ އޭނާއާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. ވެމްކޯއިން ނޫސްބަޔާނެއް ނެރުނީ، އެ މައްސަލައާ ގުޅިގެން އެ ކޯޕަރޭޝަނަށް ރައްދުވާ ގޮތަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ހަބަރުތައް ފަތުރަމުން ދިއުމުންނެވެ. އެ ބަޔާނުގައި ތިނަދޫގައި ހިނގި އަމަލު އެންމެ ހަރުކަށި ބަހުން ކުށްވެރިކޮށްފައިވާއިރު، އެފަދަ އަމަލުތައް އެއްވެސް ހާލަތެއ…

ރައީސް އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިގައި އެދިފައިވާ މައުލޫމާތު 5 ދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އަންގައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިގައި އެދިފައިވާ މައުލޫމާތު 5 ދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި އެވެ. ރާއްޖެޓީވީން ހޯދުމަށް އެދިފައިވާ މައުލޫމާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް އާރަށަށް، މި އަހަރުގެ މިހާތަނަށް ޖުމްލަ ކިތައް ދަތުރު ކުރައްވާފައިވޭތޯ އާއި މިދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ޖުމްލަ ކިހާ ފައިސާއެއް ޚަރަދުވެފައ…

ފީފާ ވޯލްޑް ކަޕެއްގައި ރާއްޖޭގެ ފުރަތަމަ ގޯލްތަކާއި ޕޮއިންޓް، 15 އަހަރުން ދަށުގެ ޓީމަށް!

ފީފާ މެންބަރު ހުރިހާ ގައުމަކަށް ހުޅުވާލައިގެން މުޅިން އަލަށް ބާއްވާ 15 އަހަރުންދަށުގެ ވޯލްޑް ކަޕް އަދި ފެސްޓިވަލްގައި ރާއްޖޭގެ ޓީމުން އެންގުއިލާއާ 3-3 އެއްވަރުކޮށް ފީފާގެ ވޯލްޑް ކަޕެއްގައި ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ. ކެރީބިއަންގެ ކުޑަކުޑަ ގައުމު އެންގުއިލާއާ، ރާއްޖޭން އެއްވަރު ކުރީ ފަހަތުން އަރައި ޖެހި ލަނޑުތަކުންނެވެ. އަޒަރުބައިޖާންގެ ބާކޫގައި ކުރިއަށްދާ ފެސްޓިވަލް އަދި މުބާރާތުގައި އިއްޔެ ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެންގުއިލާގެ ޖޭކޮބް ފްލެމިންގް އަދި ސްޕޯންޑެލް ޕޮގްސަން ޖެހި ލަނ…

ގޭސް ލީކުވުމުގެ 400 މައްސަލަ، އެންމެ ގިނަ ހާދިސާ ހިނގީ ގޭސްފުޅީގެ ތުނބާއި ޕެކިން ހަލާކުވެގެން

ގޭސް ލީކުވުމާ ގުޅޭގޮތުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 400 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެންމެ ގިނައީ ގޭސް ފުޅީގެ ތުނބާއި ޕެކިން ހަލާކުވުމުން ހިނގި ހާދިސާތައް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"ން ހުށަހެޅި ސުވާލުތަކަށް އެ މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ދިން ޖަވާބުގައި ބުނީ ރާއްޖޭގެ އެކި ހިސާބުތަކުން 2022 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ގޭސް ލީކުވުމާ ގުޅޭ 442 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މ…

ނަތަންޔާހޫއަށް ޔަގީންކަން ކުޑަ އިންތިހާބުގެ ވޯޓުލުން ފަށައިފި

ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަށް ފަހު، ބައިބައިވެފައިވާ އިޒްރޭލުގެ ރައްޔިތުން ފުރަތަމަ ފަހަރަށް އާންމު އިންތިޚާބުގައި ވޯޓުުލާން ފަށައިފި އެވެ. މިއީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަމާއި، އެ ގައުމު ސިޔާސީ ގޮތުން ކަނާތުފިޔައަށް ބަރުވަމުންދާ ދިއުމާ މެދު ރައްޔިތުން ނިންމުން ނިންމާނެ ދުވަހެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ އޮކްޓޯބަރު 7 ގެ ހަމަލާއަށް ފަހު ފެށި އަދި މިހާރު ސަރަހައްދަށް ފެތުރިފައިވާ ހަނގުރާމައަށް ތިން އަހަރު ފުރެން ކައިރިވެފައިވަނިކޮށެވެ. …

ޖަނާޒާއަކަށް ދިން ހަމަލާގެ ބަދަލުގައި އުރުދުނުން ސޫރިޔާއަށް ބޮންއަޅައިފި

އުރުދުންގެ ކަރަކްގެ ފައްޅިއެއްގައި އޮތް ޖަނާޒާއަކަށް ދިން ހަމަލާއަށް ތިން ދުވަސް ފަހުން، ބަދަލުހިފުމުގެ ގޮތުން އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކުން ސޫރިޔާގެ ދެކުނުގައިވާ "ނިރުބަވެރިންގެ ހާލިތަކަކަށް" ވައިގެ ހަމަލާތަކެއް ދީފިއެވެ. އޮކްޓޫބަރު 23 ވަނަ ދުވަހު ޙަމޫދު ފައްޅިއަށް ދިން ހަމަލާގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަކީ މި ހަމަލާތަކުގައި އަމާޒުކުރި ޖަމާޢަތްތަކާ ގުޅުން އޮތް ބައެއް ކަމުގައި އުރުދުންގެ އަސްކަރިއްޔާއިން ބުންޏެވެ. އެ ފަރާތްތަކަކީ "ނިރުބަވެރި ޖަމާޢަތްތައް" ކަމުގައި ސިފަކުރި ނަމަވެސް…

15 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއްގައި ސޮއިކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި 15 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމްކުރުމަށް ބޭނުންވާ ޕަވާ ޕަޗޭސް އެގްރީމަންޓް (ޕީޕީއޭ) އާއި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސަރުކާރުން އިއްޔެ ސޮއިކޮށްފި އެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މިނިސްޓްރީން ހިންގާ "އެކްސެލަރޭޓިން ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް)" މަޝްރޫއުގެ ދަށުން 15 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމްކުރުމަށް ބޭނުންވާ ޕަވާ ޕަޗޭސް އެގްރީމަންޓް (ޕީޕީއޭ) އާއި އިމްޕްލިމެންޓޭޝަން އެގްރީމަންޓްގައި ސޮއިކޮށ…

އީރާނުގެ މެދުމިނުގެ ފިކުރަށް ހަރުކަށި ފަރާތްތަކުގެ ގޮންޖެހުން

އެމެރިކާއާއެކު އައު ހަނގުރާމައެއް ފެށުމުގެ ބިރުވެރިކަން ބޮޑުވަމުންދަނިކޮށް، ނިއުކްލިޔަރ ހަތިޔާރު ފެތުރުން މަނާކުރާ ބައިނަލްއަޤުވާމީ މުޢާހަދާއިން ވަކިވުމަށް އީރާނުގެ ހަރުކަށި ފިކުރުގެ 'ޕާޔިދާރީ ފްރަންޓު' އިން ޤާނޫނުހަދާ މަޖިލީހަށާއި ޤައުމީ ސަލާމަތާ ބެހޭ މަތީ މަޖިލީހަށް ހުށަހަޅައިފިއެވެ. އަދި، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް އެ ފަރާތުން ގޮވާލާފައިވާއިރު، މިއީ އެމެރިކާއާއި ޔަހޫދީން ފެބުރުވަރީ 28 ގައި ފެށި ޣައިރުޤާނޫނީ ހަނގުރާމައަށްފަހު، އެމެރިކާއާ ދެކޮޅަށް …

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއް ބާއްވަނީ

ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގަން އީގަލް ހިލްސްއާ ހަވާލުކޮށްފައިވާ މައްސަލާގައި އެމްޑީޕީން އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ 60 މެންބަރަކު އެދިގެން ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރެ އެވެ. ރަސްމާލެ މަޝްރޫއުއާ ގުޅިގެން އެމްޑީޕީން އަމަލުކުރާނެ ގޮތަކާ މެދު އެ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވެފައިވެ އެވެ. މިކަމާ ގުޅިގެން ގައުމީ މަޖިލީހުގެ ބ…

ފަލަސްޠީނުގެ ނަސްލު ނައްތާލުމުގެ ގަތުލްއާންމު ޔަހޫދީން ހުއްޓައެއް ނުލާ: އދ

އެމެރިކާ މެދުވެރިވެ ހަމަޖެއްސި ޤަތުލުޢާންމު ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ވެސް ޣައްޒާގައި ޔަހޫދީން ނަސްލުހޭދުކުރުން ކުރިއަށް ގެންދިޔަ ކަމުގައި އެކުވެރި ދައުލަތްތަކުގެ (އދ) މިނިވަން ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. އިރުމަތީ ޤުދުސް ހިމެނޭހެން ފަލަސްޠީނުގެ ކުޑަކުދިންނާ ދެކޮޅަށް ހިންގި ޖަރީމާތައް ތަޙުޤީޤުކުރި އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ނިޔަތުގައި ޔަހޫދީ އިދާރާތަކުން ދަނީ ޢަމަލު ކުރަމުންނެވެ. ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަ…

ނުރައްކާތެރި މިންވަރަށް ވައި ނުސާފު ދުވަހެއް!

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ނުރައްކާތެރި މިންވަރަށް ވައި ނުސާފު ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފި އެވެ. އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މާލޭގައި ވައިގެ ކޮލިޓީ މިވަގުތު ހުރީ 102 ގަ އެވެ. މިއަދު އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ އުތުރުގެ ރަށްރަށަށެވެ. ހދ. ކުޅުދުއްފުށީގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، އެ ރަށުގައި ވައިގެ ކޮލިޓީ ހުރީ 170 ގަ އެވެ. އަދި ށ. ފުނަދޫގައި ހުރީ 162 ގަ އެވެ. އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުން…

Loading fresh headlines…