Live 358,275 stories Updated Oct 27, 2026
Browse topics All stories

Latest stories

Live feed

ތިނަދޫ ކަރަންޓުގެ ހިދުމަތް ސްޓެލްކޯއަށް ބަދަލުކޮށްފި

ތިނަދޫ ސިޓީގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ރަސްމީކޮށް ފަށައިފިއެވެ. ތިނަދޫ ސިޓީގެ ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ސިޓީގައި ބޭއްވި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު އަދި އެ ކުންފުނީގެ އިސްވެރިންގެ ވަފުދެއް ވަނީ ބައިވެރވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަ…

ޓެކުހާ ގުޅޭގޮތުން އިސްތިއުނާފުކުރާއިރު ބަހައްޓަންޖެހޭ ޑިޕޮސިޓު 50 ޕަސެންޓަށް ބޮޑުކުރުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި

މީރާއިން ކަނޑައަޅާ ޓެކްސްގެ އަދަދާމެދު ހިތްހަމަނުޖެހިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފު ކުރާއިރު ކުރިން ބަހައްޓަން ޖެހޭ ޑިޕޮސިޓު 25 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކުރުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފި އެވެ.އަންގާރަ ދުވަހުގެ ޖަލްސާގައި މި ބިލު ބަލައިގަނެ، އިގުތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހެޅި މި އިސްލާހު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު އެވެ.މި ބިލު ބަލައިގަތުމަށް ފެންނަކަމަށް 54 މެމްބަރަކ…

ރަސްމާލެ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

27 Oct 2026, 12:59 ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ހިއްކަން ފެށި ރަސްމާލޭގައި ބިޔަ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން، އިދިކޮޅު އެމްޑީޕީން އަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނޭ 60 އަށް ވުރެ ގިނަ މެންބަރުންގެ އެދުމުގެ މަތިން ބާއްވާ މި ބައްދަލުވުން ތާވަލުކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހު…

ހަމަލާތައް ހުއްޓާލުމުގެ ބަދަލަށް ސައޫދީން ހޫތީންނަށް ބިލިއަން ޑޮލަރު ހުށަހަޅައިފި: ރިޕޯޓް

ޔަމަންގެ ހޫތީ ހަނގުރާމަވެރިންނާ އެކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށްޓަކައި، އެ ޖަމާއަތަށް ސައޫދީ އަރަބިއްޔާއިން އެއް ބިލިއަން ޑޮލަރު ދޭން އުޅޭ ކަމަށް ގަލްފުގެ ޑިޕްލޮމެޓިކް މަސްދަރުތަކާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފި އެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، މިދިޔަ ހަފުތާގައި ސައޫދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން ކުއްލި ގޮތަކަށް އީރާނުގެ ވެރިރަށް ތެހެރާނަށް ކުރެއްވި ދަތުރަކީ މި މުއާމަލާތް ކުރިއަށް ގެންދިއުމަށް ކުރެއްވި ދަތުރެކެވެ. މިއީ ސަރަހައ…

ބުރިޖުގެ %80 ނިމިއްޖެ، ވިލިމާލެއިން ގުޅިފަޅަށް މިހަފުތާގައި ގުޅާލާނެ

ތިލަމާލެ ބުރިޖުގެ %80 މަސައްކަތް ނިންމާލައިފިއެވެ. ސައިޓުގައި މައިގަނޑު ގޮތެއްގައި މިހާރު ކުރިއަށްދަނީ ބްރިޖްގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން %98.53 ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ ގުޅިފަޅުގައި ޤާއިމުކޮށްފައިވާ ބުރިޖު ސައިޓުގައެވެ. އެއް ތަނބު އަނެއް ތަނބާ ގުޅާލުމަށް ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ %88 މަސައްކަތް ވަނީ ނިންމާފައެވެ. ބުރިޖުގެ މުޅި މަޝްރޫޢަށް ބަލ…

މަޖިލީހަށް ބަލައިގަތުމުގެ ކުރިން ގަރާރަށް ބަހުސް ނުކުރެވޭ އުސޫލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުތަކުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން، އެ ޤަރާރެއް ބަލައިގަތުމާ މެދު މެންބަރުންގެ މެދުގައި ވޯޓަށް އަހަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކޮށްފި އެވެ. މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް މި އިސްލާހު ހުށަހެޅުއްވީ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. ގަވައިދަށް ގެނެސްފައިވާ އިސްލާހު ދިރާސާކޮށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 56 މެންބަރުންގެ ވޯޓުންނެވެ. އެ ރ…

ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރު ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް ހުށަހަޅާފައިވާ މި އިސްލާހަށް އަންގާރަ ދުވަހު ވޯޓަށް އަހާފައިވާއިރު، ޕީއެންސީ މެންބަރުންގެ އަޣުލަބިއްޔަތުން މި އިސްލާހު ވަނީ ފާސްކޮށްފަ އެވެ.މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. އެ ހުށަހެޅުން މަޖިލީހުން ބަލައިގަނެ ދިރާސާ ކޮށްފައިވަނީ އާނ…

މާއޯއަށް މަލާމަތްކުރުމުން ޗައިނާގެ ކުންފުނިތަކުން އެމްބާޕޭގެ ސްޕޮންސާޝިޕް އުވާލައިފި

ފްރާންސްގެ ކެޕްޓަން ކިލިޔަން އެމްބާޕޭ، ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގަށް މަލާމާތްކޮށް ވާހަކަދައްކާ ކަމަށް ބެލެވޭ ވީޑިއޯއެއް އިންޓަނެޓުގައި އާންމުވުމުން، ޗައިނާ ދެ ކުންފުންޏަކުން އޭނާގެ ސްޕޮންސާޝިޕް އެއްބަސްވުންތައް އުވާލައިފި އެވެ. މާއޯއަކީ ޗައިނާގެ މިޒާމާނުގެ ތަރައްގީގެ ބައްޕަ ކަމަށް އެ ގައުމުން ސިފަ ކުރެ އެވެ. އޭނާ އަވަހާރަވީ 1976 ވަނަ އަހަރު އެވެ. އޭނާއަށް މަލާމާތްކުރުމަކީ އިހުތިރާމް ކުޑަކުރުން ކަމަށް ބަލައި، ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ. މި މައްސަލައާ ގުޅިގެން ޗައިނާގެ ބުއ…

އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތް އިތުރުކުރަން ކޮމިޓީން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ. މިއަދު ހެނދުނު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އެހެނިހެން މަސައްކަތްތަކުގެ ބައިގައި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ މުސާރަ މުރާޖަޢާކުރުމަށް ކޮމިޓީއަށް ހުށަހަޅުއްވާފައިވެއެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫ…

މި ސަރުކާރުން ކުރާ ކަމަކީ، އަމިއްލަ މުއްސަނދިކަން ހޯދި ބަޔަކު ބަނގުރޫޓުކޮށްލި ގައުމު ސަލާމަތްކުރުން: ޢަބްދުއްރަހީމް

27 Oct 2026, 11:33 ދައުލަތުގެ ފައިސާއިން "ބައެއް ބޭފުޅުން" އަމިއްލައަށް މުއްސަނދިވީއިރު، މި ސަރުކާރުން ކުރަނީ އެފަދަ ބޭފުޅުން ބަނގުރޫޓުކޮށްލި އިގުތިސާދު ކޮޅަށް ޖެހުމުގެ މަސައްކަތްތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ޢަބްދުއްރަހީމް މަޖިލީހުގެ ޖަލްސާގައި އެހެން ވިދާޅުވީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ ބިލާ ގުޅިގެން އިދިކޮޅު އެ…

މަޖިލީހަށް ބަލައިގަތުމުގެ ކުރިން ގަރާރަށް ބަހުސް ނުކުރެވޭ އުސޫލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހުށަހަޅާ ގަރާރަށް ބަހުސް ކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ގޮތެއް ނިންމައި، ބަލައިގަންނަން ފާސްނުވާ ނަމަ ބަހުސް ނުކޮށް ގަރާރު ބާތިލުކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބަދަލުކޮށްފި އެވެ. އެ ބަދަލު ހިމެނޭ ގޮތުން މަޖިލީހުގެ ގަވައިދަށް ބައެއް ބަދަލުތައް ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި ހުށަހެޅުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އާއްމު ކޮމިޓީން ގެނައި ކުދިކުދި ބައެއް ބަދަލުތަކާ އެކުގަ އެވެ. ހަންނާނުގެ ހުށ…

ރާއްޖޭން ބަންގަލޭޝަށް ދިޔަ ދެ މީހެއްގެ ފުރަގަސްފަރާތުގައި ފޮރުވާފައި ހުރި ފަސް މިލިއަނެއްހާ ރުފިޔާގެ ރަން އަތުލައިގެންފި

27 Oct 2026, 11:55 ރާއްޖޭން ބަންގަލްދޭޝަށް ދިޔަ، އެ ގައުމަށް ނިސްބަތްވާ ދެ މީހެއްގެ ފުރަގަސްފަރާތުގައި ފޮރުވާފައި ހުރި ފަސް މިލިއަނެއްހާ ރުފިޔާގެ ރަން އަތުލައިގެންފިއެވެ. ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ 'ނިއު އޭޖް'ގައި ރިޕޯޓުކޮށްފައިވާ ގޮތުން، މި މައްސަލައިގައި ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައި ވަނީ، މުހައްމަދު ސުލައިމާން އާއި ޖޮބައިދު އަހުމަދު ކިޔާ ދެ މީހުންނެވެ. އެ ނޫހުގައިވާ ގޮތުގައި، މި ތަކެތި އަތުލައިގަތީ ބަންގްލަދޭޝްގެ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓި…

Loading fresh headlines…