ބްރެޒިލްގެ ޢާންމު އިންތިޚާބު ލޫލާ ކާމިޔާބުކުރެއްވުމާ ގުޅިގެން ރައީސްގެ ތަހުނިޔާ
ފެޑަރަލް ރިޕަބްލިކް އޮފް ބްރެޒިލްގައި ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެޤައުމުގެ ރައީސް، ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. އެމަނިކުފާނުގެ މެސެޖުގައި، މި އިންތިޚާބުގައި ރައީސް ޑަސިލްވާއަށް، ލިބިވަޑައިގެންނެވި ކާމިޔާބީއަކީ އެމަނިކުފާނުގެ ޒަޢާމަތަށް ބްރެޒިލްގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ހާމަވެގެންދިޔަ ކަމެއް ކަމުގައި ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނ…