ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތަކެއް ހާސް ފަލަސްޠީނުގެ ކުޑަކުދިންނަށް ސްކޫލަށް ދިއުން ނުރައްކާތެރި ހާލަތަކަށް ވެއްޓި، ކިޔެވުމުގެ ޙައްޤުން މަޙުރޫމުވަމުންދާ ކަމަށް ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ 'ސޭވް ދަ ޗިލްޑްރަން' އިން ބުނެފިއެވެ.
މި ޖަމްޢިއްޔާއިން ބުނި ގޮތުގައި، ޔަހޫދީ ވަޒަންވެރިންގެ ހަމަލާތަކާއި ޔަހޫދީންގެ ނިރުބަވެރި ސިފައިން ދަތުރުފަތުރަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ތަޢުލީމަށް ހުރަސްއެޅިފައިވާ ދަރިވަރުންގެ ޢަދަދު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ ދެގުނައަށް ވުރެ އިތުރުވެފައެވެ.
ސެޕްޓެމްބަރު 1 އިން އޮކްޓޯބަރު 20 ގެ ނިޔަލަށް ހިނގި 174 ހާދިސާއެއްގައި 140 ސްކޫލަކަށާއި 24,500 ދަރިވަރުންނަށް ވަނީ އަސަރުކޮށްފައިވާކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ. އަދި މި މުއްދަތުގައި ޖުމްލަ 875 އަށް ވުރެ ގިނަ ކިޔެވުމުގެ ގަޑި އެ ކުދިންނަށް ވަނީ ގެއްލިފައެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ޤާއިމުކޮށްފައިވާ 942 ޗެކްޕޮއިންޓާއި ހުރަސްތަކުގެ ސަބަބުން ކުޑަކުދިންނަށް ގަޑިއަށް ސްކޫލަށް ނުދެވުމާއި، ބައެއް އާއިލާތަކުން ކިޔެވުން ކުރިއަށް ގެންދިއުމަށް އެހެން ސަރަޙައްދުތަކަށް ބަދަލުވާން ވަނީ މަޖުބޫރުވެފައެވެ.
އަދި ދަރިވަރުން ގޮވައިގެން ދަތުރުކުރާ އުޅަނދުތައް ހުއްޓުވައި، ގަލާއި ދަނޑިބުރިން ހަމަލާދީ ގެއްލުން ދިނުމާއި، ޔަހޫދީންގެ ހައްދުފަހަނައެޅި ވަޒަންވެރިން ސްކޫލް އިމާރާތްތަކަށް ވަދެގަންނަން މަސައްކަތް ކުރުމާއި، ޔަހޫދީ ސިފައިން ކަރުނަގޭސް ޖެހުމާއި، މަގުމަތިން ދަރިވަރުންނާއި މުދައްރިސުން ހިފެހެއްޓުމުގެ އަމަލުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
މިކަމާ ގުޅިގެން އެ ޖަމްޢިއްޔާއިން އިން ވަނީ ކުޑަކުދިންނަށާއި، މުދައްރިސުންނަށާއި، ތަޢުލީމީ މަރުކަޒުތަކަށް ދޭ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ގޮވާލައިފައެވެ. އަދި ދަތުރުފަތުރަށް ހުރި ހުރަސްތައް ނައްތާލައި، ސްކޫލްތަކަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށް ވެސް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލައިފައެވެ.
ޔަހޫދީންގެ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްޠީނުގެ ދަރިވަރުންގެ ތައުލީމަށް ހުރަސްއެޅިފައި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed