Live 358,265 stories Updated Oct 27, 2026
Browse topics All stories

Latest stories

Live feed

ބާރަށު ޖެޓީ އަދި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. ބާރަށު ޖެޓީ އަދި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. މި މަޝްރޫއުގެ ދަ…

ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އަންނަ އަހަރުގެ ޖަނަވަރީ މަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން، އެމްއެމްބީސީއިން ވިދާޅުވެއްޖެއެވެ. ކުރިން އެކޮމިޝަނުން ފުރުސަތު ހުޅުވާލާފައިވަނީ، މިއަދުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދިނުމަށެވެ. އެހެންނަމަވެސް މިހާރުވަނީ، އެ މުއްދަތު އިތުރު 3 މަސް ދުވަހަށް އިތުރުކޮށްދީފައެވެ. އެހެންކަމުން މިހާރު ރީ-ރަޖިސްޓްރީ ކުރުމުގެ ސުންގަޑި 28 ޖަނަވަރީ 2027 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 އަށް އިތުރުކޮ…

ބްރެޒިލްގެ ޢާންމު އިންތިޚާބު ލޫލާ ކާމިޔާބުކުރެއްވުމާ ގުޅިގެން ރައީސްގެ ތަހުނިޔާ

ފެޑަރަލް ރިޕަބްލިކް އޮފް ބްރެޒިލްގައި ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެޤައުމުގެ ރައީސް، ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. އެމަނިކުފާނުގެ މެސެޖުގައި، މި އިންތިޚާބުގައި ރައީސް ޑަސިލްވާއަށް، ލިބިވަޑައިގެންނެވި ކާމިޔާބީއަކީ އެމަނިކުފާނުގެ ޒަޢާމަތަށް ބްރެޒިލްގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ހާމަވެގެންދިޔަ ކަމެއް ކަމުގައި ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނ…

ރެހެންދި އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ގައުމުގެ ކުރިއެރުމަށް އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ދޭ "ރެހެންދި އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. ރެހެންދި އެވޯޑަކީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު، ގައުމީ ހިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ވަޒަންކޮށް، އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އަހަރުގެ ރެހެންދީ އެވޯޑަށ…

ހަކަތައިގެ ވަސީލަތްތައް ހިމާޔަތްކުރަން އަލްޖީރިއާގެ ސިފައިން ނައިޖާއަށް ފޮނުވަނީ

ނައިޖާގައި ހުރި އަލްޖީރިއާގެ ހަކަތަ އާއި އިޤްތިޞާދީ އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށް، އަލްޖީރިއާގެ ސިފައިން ނައިޖާއަށް ފޮނުވުމަށް ނިންމައިފިއެވެ. މިއީ 1973 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު، ޤައުމުން ބޭރަށް އަލްޖީރިއާއިން ސިފައިން ފޮނުވާ ފުރަތަމަ ފަހަރެވެ. އަލްޖީރިއާގެ ރިޔާސީ ގަނޑުވަރުން މަޢުލޫމާތު ދޭ ގޮތުގައި، އަސްކަރީ ފައުޖުތައް ނައިޖާއަށް ފޮނުވަނީ ދެ ޤައުމުގެ މުހިންމު ހަކަތައާއި އިޤްތިޞާދީ މަސްލަޙަތުތައް ރައްކާތެރިކުރުމަށްޓަކައެވެ. މި އޮޕަރޭޝަނުގެ ދަށުން ސިފައިން ހަރަކާތްތެރިވުމަށް ހަމަޖ…

ފަލަސްޠީން އާބާދީ ނައްތާލުމަށް ޚަލީލުގައި ޔަހޫދީ ސިފައިންގެ ހަރަކާތް ފުޅާކުރަނީ

އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ޚަލީލުން 5،000 ގައިކުރާ ޢަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ނެރެ، އެ މީހުންގެ އުމްރާނީ ވަސީލަތްތައް ހަލާކުކޮށް، އާ ހަގީގަތެއް ޤާއިމުކުރުމަށް ޔަހޫދީ ސިފައިން ވަނީ ނުރައްކާތެރި އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. ޚަލީލު ސިޓީގެ މޭޔަރު ޔޫސުފް އަލް-ޖަބަރީ ހާމަކުރެއްވި ގޮތުގައި، ޔަހޫދީ ސިފައިން ހިންގަމުންދާ މި އޮޕަރޭޝަންގައި ޚަލީލު ސިޓީގެ އިންތަކުގެ ތެރެއިން އެކަނިވެސް 4،069 ފަލަސްޠީނުގެ ރައްޔިތުން ވަނީ ގަދަކަމުން ބޭރުކޮށްލާފައެވެ. މީގެ ތެރޭގަ…

ބާރަށު ޖެޓީއާއި ބަނދަރު ތަރައްގީކުރުން އެމްޓީސީސީއަށް

ހއ. ބާރަށް ޖެޓީ އަދި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއި…

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީކުރަން ދިން މުއްދަތު މިއަދު އިތުރުކޮށްފި އެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އެކުލަވާލި "ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ގަވައިދު" ގެ ދަށުން މީޑިއާތައް އަލުން ރީރަޖިސްޓްރީކުރަން ހުޅުވާލީ މީގެ ހަ މަސް ކުރިންނެވެ. ކުރިން އޮތްގޮތުން އެ މުއްދަތު މާދަމާ ހަމަވާނެ އެވެ. ނަމަވެސް މީޑިއާ ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ މީޑިއާތައް ރީރަޖިސްޓްރީވުމަށް އިތުރު ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ މުއްދަތު …

މާލޭގެ ޓީޓީއެޗް ކްލިނިކްގައި އެންޑޯކްރިނޮލޮޖީގެ ޚާއްސަ ޑޮކްޓަރު، ޑރ. ޖޯސެފްގެ ޚިދުމަތް ފަށްޓަވަނީ

27 Oct 2026, 14:51 ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެންޑޯކްރިނޮލޮޖީ ކޮންސަލްޓަންޓް ޑރ. ޖޯސެފް އެޗޯބޫ އޮޖޯބީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކުގައި ބަލިމީހުން ބައްލަވަން ފަށްޓަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި ބަދަލާއެކު، ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ދަތުރުނުކޮށް، މާލޭގައި ތިބެގެން މި ދާއިރާގެ ޚާއްޞަ ފަރުވާ ހޯދުމުގެ ފުރުޞަތު އާންމުންނަށް ފަހިވެގެންދާނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. ޑރ. ޖޯސެފަކީ ހަކުރުބަލި މެނޭޖްކުރުމާއި، ތައިރޮއިޑް ބަލިތައް ދެނެ…

ޔަހޫދީންގެ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްޠީނުގެ ދަރިވަރުންގެ ތައުލީމަށް ހުރަސްއެޅިފައި

ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތަކެއް ހާސް ފަލަސްޠީނުގެ ކުޑަކުދިންނަށް ސްކޫލަށް ދިއުން ނުރައްކާތެރި ހާލަތަކަށް ވެއްޓި، ކިޔެވުމުގެ ޙައްޤުން މަޙުރޫމުވަމުންދާ ކަމަށް ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ 'ސޭވް ދަ ޗިލްޑްރަން' އިން ބުނެފިއެވެ. މި ޖަމްޢިއްޔާއިން ބުނި ގޮތުގައި، ޔަހޫދީ ވަޒަންވެރިންގެ ހަމަލާތަކާއި ޔަހޫދީންގެ ނިރުބަވެރި ސިފައިން ދަތުރުފަތުރަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ތަޢުލީމަށް ހުރަސްއެޅިފައިވާ ދަރިވަރުންގެ ޢަދަދު، ވޭތުވ…

މަޖިލީހުގެ ރައީސްގެ މުސާރައާ އެއްވަރަށް އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައަށް ވުރެ އުއްތަމަ ފަނޑިޔާރުގެ މުސާރަ ކުޑަވާތީ އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ. އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ކޮމިޓީއަށް މިއަދު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އަދި އޭނާ އެ ހުށަހެޅުން ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް މިހާރު ލިބޭ މުސާރަ މަޖިލީހުގެ ރައީސްގެ މުސާރައަށް ވުރެ ކުޑަވާތީ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައ…

ގަތުލްއާންމަކީ ކުށެއް ކަމަށް ނެތުމުން އައިސީޖޭގައި ރާއްޖޭގެ ގާނޫނީ ނުކުތާއަށް އަސަރުކުރޭ: އުޝާމް

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ރާއްޖެއިން މައްސަލަތަކުގެ ތެރެއަށް ވަނީ ގާނޫނުލްއުގޫބާތުގައި ޖެނޮސައިޑްގެ ކުށް ވަކިން ހިމަނައި، ގާނޫނީ އޮނިގަނޑު ފުރިހަމަނުކޮށް ކަމަށާއި އެހެންވެ ރާއްޖޭގެ ގާނޫނީ ނުކުތާތަކަށް އަސަރުކުރާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. ދައުލަތުގެ އިސް މަގާމުތައް ފުރާފައިވާ މީހުންނަށް އަދަބު ބޮޑުވާ ގޮތަށް ގަތުލްއާންމާއި އެކަމަށް ގޮވާލުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅާފައިވާއިރު އެ ބިލާ މެދު ފާޑުކިޔުންތައް ވަނ…

Loading fresh headlines…