Live 5,572 stories Updated Sep 21, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ނޭޕާލުގެ ގާނޫނު އަސާސީ ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލުގެ ޤާނޫނުއަސާސީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް، ރައިޓް އޮނަރަބަލް ރާމްޗަންދްރަ ޕޯޑެލް އާއި ބޮޑުވަޒީރު، ރައިޓް އޮނަރަބަލް ބަލެންދުރަ ޝާހަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

"ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް" ލ. ގަމުގައި ފަށައިފި

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރުމުގެ މަގުސަދުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ (އެޗްއާރްސީއެމް) އިސްނެގުމުގެމަތިން ކުރިއަށްގެންދާ ފަސް ދުވަހުގެ "ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް" ލ. ގަމުގައި ފަށައިފިއެވެ.

ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ އާއިލާއާ ސީޕީ ބައްދަލުކުރައްވައިފި

ކ. ކާށިދޫ އަދި ކ. ގާފަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ ޢާއިލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ކާށިދޫ ޕޮލިސް ސްޓޭޝަނާ އެކު ފުލުހުންގެ މަސައްކަތްތައް އިތުރު ގިއަރަކަށް ގެންދެވޭނެ: ސީޕީ

އެންމެ ބޮޑު އުންމީދަކީ ކ. ކާށިދޫ ޕޮލިސްޓޭޝަން ނިމިގެންދާނެ ދުވަސް ދެކުން ކަމަށާއި އެއީ އަތޮޅުތެރޭގަ ފުލުހުންގެ މަސައްކަތްތައް އިތުރު ގިއަރަކަށް ގެންދެވޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޑރ. މުޙައްމަދު ޢަލީގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި، ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

އެމްޕީއެލްއިން އެއަރކޮންޑިޝަން ޔުނިޓްތަކެއް (އޭސީ) ގަތުމުގައި ނާޖާއިޒު މަންފާ ހޯދި ކަމުގެ ތުހުމަތުގައި، އެ ކުންފުނީގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނެއިދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވަން ނިންމައިފި އެވެ.

ބޭރު ފައިސާތަކާއެކު ހައްޔަރުކުރި ހަ ބިދޭސީންގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތު!

ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ގާތްގަނޑަކަށް 3.8 މިލިއަން ދިވެހި ރުފިޔާގެ ބޭރު ފައިސާ ގެންދަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ހަ ފިރިހެނުންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ހާބަރު ފުޑްކޯޓުތައް ހުސްކުރަން އެންގުން: ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށް މޭޔަރަށް ޕެޓިޝަނެއް

މާލޭ ހުޅަނގުފަރާތު ހާބަރު ސަރަހައްދުގައި ހުރި ފުޑްކޯޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެންގުމާ ގުޅިގެން، އެތަންތަން ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާ ބައްދަލުކުރައްވައި ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

Loading fresh headlines…