އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ "މަޢުރިފާ 2026" ފޮތް މަޢުރަޒު މިފެށޭ އޮކްޓޫބަރު މަހުގެ 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަޢުރިފާ ފޮތް މައުރުޒުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 20 ސެޕްޓެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 14:00 ކަމަށެވެ.
އެ މަޢުރަޒު ކުރިއަށް ދާނީ އޮކްޓޫބަރު މަހުގެ 1 އިން 3 އަށް، ކޮންމެ ދުވަހަކުވެސް މެންދުރުފަހު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މަޢުރިފާ ފޮތް މައުރަޒުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
މި މަޢުރަޒާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3020263 އަދި 3020289 ނަންބަރު ފޯނަށް ގުޅުމަށް ނުވަތަ[email protected]އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯދޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ދީނީ އަދި ޢިލްމީ ފޮތްތަކަށް އާންމުން އަހުލުވެރިކުރުވުމުގެ މުހިންމު މަޤްޞަދުގައި އިންތިޒާމްކުރާ މަޢުރަޒެއް ކަމަށެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ ފޮތް ލިޔުންތެރިންނާއި ޝާޢިރުންގެ ޢިލްމީ އަދި އަދަބީ މަސައްކަތްތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ތަނަވަސް ފުރުޞަތެއް މި މައުރަޒުގެ ތެރެއިން ފަހިވެގެންދާނެ ކަމަށެވެ.