ތިލަމާލެ ބްރިޖް މަޝްރޫއުގެ 76.61 އިންސައްތަ ނިމިއްޖެ
ތިލަމާލެ ބްރިޖް މަޝްރޫއުގެ 76.61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
VNEWS
Live feedތިލަމާލެ ބްރިޖް މަޝްރޫއުގެ 76.61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ގާނޫނާއި ގަވާއިދާއި ހިލާފަށް މަނީ އެކްސްޗޭންޖްކުރާ 7 ފަރާތްތެއް މި ވަގުތު އެބަތިބި ކަމަށާއި މިދިޔަ 9 މަސް ދުވަހުގެ ތެރޭގައި 76 މިލިޔަން ޑޮލަރު ކަޅު ބާޒާރަށް ވިއްކާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީ ހަނގުރާމައިގައި އެހެން ގައުމުތައް ތެލަށް ޖެހުނުއިރު، ރާއްޖެ ސަލާމަތްކުރީ ސަރުކާރުގެ ފަރުވާތެރިކަމުންކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ، (އެމް.ޑަބްލިޔު.އެސް.ސީ) އިން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރ އަދި ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހީމް ފަލާހުގެ އަތުން 900،000 ދިވެހި ރުފިޔާގެ އަގުހުރި ބޯޓެއް 17 މިލިއަން ރުފިޔާއަށް ގަނެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އ…
ރުފިޔާ ލިކުއިޑިޓީ ދަށްކުރުމަށް އޯޕަން މާކެޓް އޮޕަރޭޝަންސް ހިންގައިގެން 3 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.
މއ. ދޫގަސް ގައި ގޭސްފުޅިއެއް ގޮވައި، 2 މީހެއްގެ ހަލު ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ.
ދިވެހި ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއިން ބާރުވެރިކުރުވައި ވަޒީފާގެ މައިދާނަށް ނެރުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި، ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް އާއި ސެއިލްސް ޕްރޮޖެކްޓް ގުޅިގެން ކުރިއަށްގެންދިޔަ ހާއްސަ "އޯޕަން ޑޭ" މިއަދު ނިންމާލައިފިއެވެ.
ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ފުލުހުންގެ މުއައްސަސާއިން ހަވާލުކުރާ ކޮންމެ ރޭންކަކާ އެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް ކަމަށާއި، ލިބުނު މަގާމުގެ ކުރިއެރުމާ އެއްވަރަށް މަސައްކަތުގެ ފެންވަރާއި، އަހުލާގާއި، ސުލޫކުން މުޅި މުއައްސަސާއަށާއި ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު …
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ވިއްކުމުގެ ތުހުމަތު ހައްޔަރުކުރި ދިވެހި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލީ ހެކި ނެތިގެން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.
ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމަށްޓަކައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތަސްދީގުކުރައްވައިފިއެވެ.
Loading fresh headlines…