ރުފިޔާ ލިކުއިޑިޓީ ދަށްކުރުމަށް އޯޕަން މާކެޓް އޮޕަރޭޝަންސް ހިންގައިގެން 3 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ މަދުކުރުމަށް ހިންގި އޯޕަން މާކެޓް އޮޕަރޭޝަންސް މެދުވެރިކޮށް 3 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ.

އެމްއެމްއޭއިން ދިހަ އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު ރިވާސް ރީޕާޗޭސް އޮޕަރޭޝަންސް ފަށާފައިވަނީ 23 ޖުލައި 2025 ގައި ކަމަށްވީ އިރު، އެއީ ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ އިތުރުވެ ބޭރު ފައިސާއަށް ކުރާ ޑިމާންޑް އިތުރުވުމާއެކު ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އެމްއެމްއޭ އިން އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އެމ އޮތޯރިޓީން ބުނީ އޭގެ ނަތީޖާއެއްގެ ގޮތުން، ޖޫން 2026 ނިމުނުއިރު ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ 39 އިންސައްތަ ދަށްވެފައިވާ ކަމަށެވެ. އަދި ޖޫން 2025 ގައި ސާޕްލަސް ލިކުއިޑިޓީގެ ގޮތުގައި އެވަރެޖްކޮށް 7.0 ބިލިއަން ރުފިޔާ ހުރިއިރު، ޖޫން 2026 ނިމުނުއިރު އެ އަދަދު ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާއަށް ދަށްވެފައިވާ ކަމަށްވެސް އެ އޮތޯރިޓިން ބުނެ އެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރު ޑިސެންބަރުގައި މެއިން ލިކުއިޑިޓީ އޮޕަރޭޝަންސް (އެމްއެލްއޯ) ފަށާފައިވާއިރު، ނޮވެންބަރު 2025 ގައި ސްޓްރަކްޓަރަލް ލިކުއިޑިޓީ އޮޕަރޭޝަންސްގެ ހުރިހާ ޓެނާސްތަކެއްގެ ރޭޓް 100 ބޭސިސް ޕޮއިންޓުން އިތުރުކޮށް، އޮގަސްޓް 2026 ގައި އިތުރު 10 ބޭސިސް ޕޮއިންޓުން މަތިކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.