ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

އިއްޔެގެ ޖަލްސާ ނިންމަވާލަައްވަމުން މިއަދު ހެނދުނު 9 ޖަހާއިރު ޖަލްސާ އޮންނާ ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާންކުރައްވާފައެވެ.

ނަމަވެސް މިއަދު ޖަލްސާ އެގަޑީގައި ބާއްވާާފައެއްނުވެއެވެ. އަދި އެޖެންޑާވެސް އާންމުކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން، މަޖިލީހުގެ ދެވަނަ ދައުރު ނިމޭނީ އޯގަސްޓު 15، ގަ އެވެ. ނަމަވެސް، ދެ ފަހަރެއްގެ މަތިން، މަޖިލީހުގެ ދެވަނަ ދައުރު ވަނީ ދިގުދަންމާލާފައެވެ. އެންމެ ފަހުން ފާސްކޮށްފައިވަނީ އޯގަސްޓު 27، ގެ ނިޔަލަށް ޖަލްސާތައް ކުރިޔަށް ގެންދިޔުމަށެވެ.