Live 5,570 stories Updated Oct 17, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ މަންފާތައް ފޮރުވުމަށް ފަތުރަނީ ބުހުތާނު ދޮގުތަކެއް: ޝުޖާއު

ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހިންނަށް ލިބެން ހުރި ބޯހިޔާވަހިކަން ގެއްލޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްބަސްވުމުގެ ހަގީގީ މަންފާތައް ފޮރުވުމަށް ފަތުރާ ބުހުތާނު ދޮގުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިޒްރޭލަށް ކުރާ ދަތުރުތަކުގައި ރާއްޖެ ހިމެނޭހެން 31 ޤައުމެއްގެ ކްރޫއިން ބޭނުން ނުކުރަން އަންގައިފި

ދުބާއީން ފުރައިގެން އިޒްރޭލަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެއް ހައިޖެކް ކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ހާދިސާއަކާ ގުޅިގެން، އިޒްރޭލަށް ކުރާ ދަތުރުތަކުގައި ދިވެހިރާއްޖެ ހިމެނޭހެން މުސްލިމް އަޣުލަބިއްޔަތު އޮތް 31 ޤައުމެއްގެ ޕައިލެޓުންނާއި ކްރޫއިން ބޭނުން ނުކުރަން އެ ގައުމުން އަންގައިފިއެވެ.

ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ބަދަލުކޮށް، ވަގަށް ނެގި 3 މީހަކު ހައްޔަރުކޮށްފި

މާލެ، ކާނޭޝަން މަގު، ގޯޅިގަނޑެއްގައި ހުރި ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓައި، އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ސައިކަލު ވަގަށް ނަގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ 3 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ބިނާކުރުމަށް މަސައްކަތް ކުރަންޖެހޭ

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި، އީޖާދީ އުފެއްދުންތައް ބަލައިގަނެ، ސަގާފީ އިލްމުގެ އަގު ވަޒަންކޮށް، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ބިންތައް ސަރުކާރަށް ނަގަނީ، މިސަރުކާރުން ލާމަރުކަޒީ ނިޒާމާ ދެކޮޅުވީމަ: ޝާހިދު

މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރަށް ނަގަން ނިންމި ނިންމުމަކީ މިސަރުކާރުން ލާމަރުކަޒީ ނިޒާމާ ދެކޮޅަށް، އެ ނިޒާމު ނައްތާލަން ސިލްސިލާކޮށް ރާވަމުން، ކުރަމުންދާ ކަންކަމުގެތެރެއަށް އިތުރުކޮށްލި ބޮޅެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝ…

ރާއްޖެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީބާރު ހިންގާނެ: އިހުސާން

ރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީބާރު ހިންގާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

30 ބިލިޔަން ރުޕީސްގެ އެގްރީމެންޓް އައު ކުރުމަށް ނިންމި ނިންމެވުމަށް ވަޒީރުގެ ޝުކުރު

ކަރަންސީ ސްވޮޕް އެގްރީމެންޓްގެ ދަށުން 30 ބިލިޔަން ރުޕީސްގެ އެގްރީމެންޓް އާ ކުރުމަށް ނިންމި ނިންމުމަށް އީއޭއެމް ޑރ. ޖައިޝަންކަރާއި އިންޑިޔާ ސަރުކާރަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައިފިއެވެ.

ފިނޭންސް މިނިސްޓްރީން 94.5 މިލިއަނަށް ހުޅުމާލޭން ބިމެއް ގަނެފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން 94.5 މިލިއަން ރުފިޔާއަށް ގަނެފިއެވެ.

އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދު 2.4 އިންސައްތަ ކުރިއަށް

މާލީ ހިދުމަތްތަކާއި، ރިއަލް އެސްޓޭޓް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއަށް އައި ކުރިއެރުމާއެކު، މި އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދު ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.4 އިންސައްތަ ކުރިއަރާފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއ…

Loading fresh headlines…