ބީއެމްއެލްގެ "މާލީ ބަޣާވާތް" ޖިނާއީކަމެއްނެތްކަމަށް ބުނެ ފައިލްކޮށްފި
ބޭންކު ބޭންކް އޮފް މޯލްޑިވިސް އިން ކުރިކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި "ބަޣާވާތް" ގައި ޖިނާއީ އެެއްވެސްކަމެއް ނެތިގެން އެ މައްސަލަ ފައިލްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއްޔެ ބުނެފިއެވެ.