Live 4,850 stories Updated Jul 13, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ސޯބެ އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން މިނިސްޓަރުގެ ޖަވާބު ހުވަދޫ ބަހުރުވައިން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޞާދިގު (ސޯބެ) އައްޑޫ ބަހުރުވައިން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލުކުރެއްވުމުން، އެ ސުވާލަށް މިނިސްޓަރު ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވައިފިއެވެ.

ދޮންބޭސްއިން އެޑްންވާސް ފައިސާނަގައި މަޝްރޫތައް ކުރިއަށް ނުގެންދޭ، އެއްބަސްވުންތައް ބާތިލުކުރަނީ

ދޮންބޭސް ޕްރައިވެޓް ލިމިޓެޑުން، ގިނަ މަޝްރޫތަކަށް އެޑްވާސް ޕޭމަންޓް ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުންތައް ބާތިލްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ދެ އަހަރާ ބައިގެ ތެރޭ ޑޮލަރު އެތެރެއެއް ނުކުރޭ، އެތެރޭގައި ހުރި ޑޮލަރު އިސްރާފު ކުރީ މި ސަރުކާރުން: އަމީރު

ދެ އަހަރާ ބައިގެ ތެރޭ ބޭރުން ޑޮލަރު އެތެރެ ނުކުރާކަމަށާއި އެތެރޭގައި ހުރި ޑޮލަރުތައް އިސްރާފު ކުރީ މި ސަރުކާރުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފި

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި، މިއަދު މެންދުރު 12:00އިން ފެށިގެން މާދަމާ މެންދުރު 12:00ގެ ނިޔަލަށް، (އެއް ދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

2028 ނިންމެން ވާއިރަށް މަތީ ސާނަވީގައި ބައިވެރިވާ ދަރިވަރުންގެ އަދަދު %65ށް އިތުރުކުރެވޭނެ: ވަޒީރު

" ބިންގާ " ޕްރޮގްރާމްގެ ދަށުން މި އަހަރުގެ މިހާތަނަށް 39،000ށް ވުރެ ގިނަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާ ކަމަށް ތައުލީމާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

2028ގެ މެދުތެރޭގައި ލ.ހިތަދޫ ކޯޒްވޭ ނިމޭނެ: މުއްޠަލިބު

ލ.ހިތަދޫ ކޯޒްވޭގައި ހިމެނޭ މަގު 2028 ގެ މެދަކާ ހަމައަށް ދާއިރު، އާއްމުންނަށް ބޭނުންކުރެވޭ ވަރަށް މަސައްކަތް ނިމޭނެ ކަމަށް އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރަސްމީދަތުރުފުޅެއްގައި ރައީސް ޑރ. މުއިއްޒު ޤަޠަރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށްޓަކައި މިއަދު ހެނދުނު ގަތަރަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހިނގި މާރާމާރީގައި 2 މީހަކު ހައްޔަރުކޮށްފި

ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ނިމިފައިވަނިކޮށް، ހުޅުމާލޭގެ ވޯޓުލާ މަރުކަޒެއްގައި ހިނގި މާރާމާރީއާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.

Loading fresh headlines…