ގެއެއްގެ ތިޖޫރީ ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށްނެގި ބައެއްގެ މައްޗަށް ދައުވާކޮށްފި
15 މާރިޗު 2026 ދުވަހުގެ ވަގުތެއްގައި މ. ނަލަހިޔާ ރެސިޑެންސްގޭގެ އެޕާޓްމަންޓެއްގައި ހުރި 2 (ދޭއް) ތިޖޫރީ ފަޅާލައި، އޭގައި ހުރި 3,992,000 (ތިންމިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށްނެގި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ އުފުލައިފި އެވެ.