ދެ ގްރޫޕެއްގެ ދެމެދުމުގައި ހިނގި މާރާމާރީއެއްގައި 4 މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން ބުނީ ވިލިމާލެ، ކަނދޮޅުމާގޯޅީގަައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލަ 2026 ޖުލައި 10 ވަނަ ދުވަހުގެ މެންދުރު 03:12  ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި 4 މީހަކަށް އަނިޔާވެފައިވާ ކަމަށާ އެ 4 މީހުންނަށް ވެސް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އަނިޔާވެގެން ހޮސްޕިޓަލް އަށް ގެންގޮސްފައި ވަނީ 18 އަހަރު، 27 އަހަރު، 31 އަހަރު އަދި 22 އަހަރުގެ ދިވެހި 4 ފިރިހެނުން ކަމަށެވެ. 

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންފާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

ރާއްޖެ އިން ގޭންގުތައް ނައްތާލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ނޮވެމްބަރު މަހު އިއުލާނު ކުރައްވާފަ އެވެ. އެހެން ނަމަވެސް ގޭންގު ހަދައިގެން މާރާމާރީ ހިންގަން އުޅުނު މައްސަލަތަކުގައި މީހުން ހައްޔަރު ކުރެވެމުންދާ ކަން ފާހަގަކުރެވެ އެވެ.