Live 358,339 stories Updated Oct 26, 2026
Browse topics All stories

Latest stories

Live feed

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅުއެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު ބަލައިގެންފި

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީއެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވެސް ބިލު ކުރިއަށް ގެންގޮސްފައިވަނީ މިއަދުއެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ނިމިދިޔަ ހަފްތާގެ ތެރ…

ބުރުގެ ކެޕްޓަން ހަމްދާން ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް

އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ނެގި ރާއްޖޭގެ ގައުމީ ސްކޮޑުން ބުރު ސްޕޯޓްސްގެ ކެޕްޓަން އަލީ ހަމްދާނަށް ފުރުސަތު ދީފި އެވެ. މިއީ ސީނިއާ ގައުމީ ޓީމުގެ ސްކޮޑަށް އޭނާ ނެގި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، 2019 ގައި 23 އަހަރުންދަށުގެ ގައުމީ ޓީމުގައި އޭނާ ހިމެނުނެވެ. އަދި އޭގެ ކުރިން 19 އަހަރުންދަށުގެ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެވެ. ގައުމީ ކޯޗު އިސްތަވާން އުރުބާނީ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ސްކޮޑުން ވަނީ، ކުރިން އޭނާ ނެގި ސްކޮޑުގައި ނުހިމެނޭ ބައެއް ކުޅުންތެރިންނަށް ޖާގަ ދީފަ އެވެ. މި…

ސިއްޙީ ދާއިރާގެ ކުރިމަގަށް މުހިންމީ މީހުން ބިނާކުރުން: ވަޒީރު

ޞިއްޙީ ދާއިރާގެ ކުރިމަގު ބިނާވަނީ ހަމައެކަނި އިމާރާތްކުރާ ހޮސްޕިޓަލްތަކާއި ގާއިމްކުރެވޭ ވަސީލަތްތަކުން ނޫންކަމަށާއި، އެކަމުގައި މީހުން ބިނާކޮށް ފޯރުކޮށްދެވޭ އިލްމުން މުހިންމު ދައުރެއް އަދާކުރާކަމަށް ސިއްޙަތާއި އާއިލާއާއި އިޖްތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއާއި ޕާކިސްތާނުގެ ރިފާ އިންޓަނޭޝަނަލް ޔުނިވަސިޓީއާ ގުޅިގެން ބާއްވާ ބުޓިކް އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވ…

ވިޔަފާރިތަކަށް ނުލިބި ހުރި ފައިސާ ޓެކުހުން ކަނޑާ އުސޫލު އާންމުކޮށްފި

މީރާއަށް ދައްކަންޖެހޭ ފައިސާ ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސަވާ ކުންފުންޏަކުން ލިބެންޖެހޭ ފައިސާއާ އަޅައިކެނޑުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެ އިދާރާއިން އާންމުކޮށްފި އެވެ. މިއީ މީރާއަށް ދައްކަންޖެހިފައިވާ ޓެކުހާއި ޓެކްސް ފިޔަވައި އެހެނިހެން ފައިސާ މީރާއަށް ދެއްކުމުގެ ގޮތުން، ފައިސާ ދައްކަން ޖެހޭ ފަރާތަކަށް ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއާ އަޅައިކެނޑުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެކެވެ. މި އުސޫލުގެ މަގުސަދަކީ މީރާއަށ…

ކަނޑުވި އީރާނުގެ 40 ފަޅުވެރިއަކު ސްރީ ލަންކާއިން ސަލާމަތްކޮށްފި

ސްރީ ލަންކާގެ އައްސޭރިފަށުން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުގައި ޙާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކު ވިޔަފާރި އުޅަނދުތަކުން ސަލާމަތްކޮށް، އެނބުރި ޤައުމަށް ފޮނުވާލުމުގައި ސްރީ ލަންކާއިން އެހީތެރިވެދީފިއެވެ. ސްރީ ލަންކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ތުޝާރާ ރޮޑްރީގޯ ވިދާޅުވީ، މި އޮޕަރޭޝަން ހިންގީ ކުއްލި ޞިއްޙީ ފަރުވާއަށް ބޭނުންވެފައި ތިބި ފަޅުވެރިންތަކެއް ސަލާމަތްކޮށްދިނުމަށް އެދި އީރާންގެ ސަފާރާއިން ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް އެދުމުން ކަމުގައެވެ. އެ މީހުން ސަލާމަތްކުރި ސަބަބުގެ އ…

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ފުލިދޫ، ހަޒާރުމާގެ އުމުރުން 62 އަހަރުގެ އަޙްމަދު ނަޞީރު އެވެ. ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓުން އޭނާ ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އޭނާ ރާއްޖެއައި އިރު ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ. އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު މަސ…

އެފްއޭއެމް ޓާފް 1ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މާލޭގައި ފުޓުބޯޅަ ކުޅުމަށް އެންމެ ގިނައިން ބޭނުންކުރާ މި ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާއެވެ. މިމަސައްކަތް 20 ދުވަހުގެ ތެރޭގައި ނިންމުމަށް ރާވާފައިވާއިރު، މިމަޝްރޫޢަށް ބޭނުންވާނެ ޓާފާއި އެހެނިހެން ތަކެތި ފޯރުކޮށްދީފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާއިންނެވެ. މިދަނޑުގެ ޓާފްގެ މައްސަލައަކީ ޒަމާންވީ މައްސަލައަކަށްވާއިރު، މިކ…

ޔުނައިޓެޑް ބޯންމަތު އަތުންވެސް ބަލި؛ ސީޒަން ނިމެންދެން ކެރިކް ބަހައްޓާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

26 Oct 2026, 12:33 އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތުއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން 0-3 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވެ، ސީޒަން ނިމެންދެން އެ ޓީމުގެ މެނޭޖަރު މައިކަލް ކެރިކް ބަހައްޓަފާނެކަމާމެދު ސުވާލު އުފެދިއްޖެއެވެ. ފެނާންޑޭޒް ބެންޗަށް ލާފައިވަނީ ޓެކްޓިކަލް ބަދަލެއްގެ ގޮތުން ކަމަށް ކެރިކް ބުނި ނަމަވެސް ކޯމޯ އަތުން ބަލިވި މެޗަށްފަހު ފެނާންޑޭޒް ބުނެފައި ވަނީ އެ މެޗުން ޓީމު ބަލިވެފައި ވަނީ ކެރިކްގެ ޓެކްޓިކްސް ގޯސްވުމުން ކަމަށެވެ. ބޯންމަތުން މި މެޗުގައި ޔުނައިޓެޑްގެ ގޯލު ހު…

ބުދަ ދުވަހުގެ ކުރިން ޑޮލަރު އާމްދަނީ މާރުކުރަން އެމްއެމްއޭއިން ހަނދާންކޮށްދީފި

އަންނަ ބުދަ ދުވެހުގެ ކުރިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް، އެ ފައިސާ މާރުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިލްތިމާސްކޮށްފިއެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ ބަޔާނުގައިވަނީ، ބޭރު ފައިސާއާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، ކޮންމެ މީލާދީ މަހެއްގައި ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް އެ މަހެއް ނިމި ޖެހިގެން އަންނަ މަހުގެ 28ގެ ކުރިން މާރުކުރަން ޖެހޭ ކަމަށެވެ. ސުންގަޑި ހަމަވާއިރު މާރުކުރުމުގެ އިލްތިޒާމް ފުރިހަމަ ނުކުރާ ފަރާތްތަކުގެ …

ޑޮލަރު އާމްދަނީ ބުދަ ދުވަހުގެ ކުރިން މާރުކުރަން ހަނދާންކޮށްދީފި

26 Oct 2026, 13:26 ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް، އަންނަ ބުދަ ދުވަހުގެ ކުރިން ބޭރު ފައިސާއިން ލިބޭ އާމްދަނީން މާރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހަނދާންކޮށްދީފިއެވެ. އެމްއެމްއޭއިން ނެރުނު ނޫސްބަޔާނުގައި ބުނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ކޮންމެ މީލާދީ މަހެއްގައި ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް އެ މަހެއް ނިމި ޖެހިގެން އަންނަ މަހުގެ 28ގެ ކުރިން މާރުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ގާނޫނާ އެއްގޮތަށް މި އިލް…

ޣައްޒާގެ އިސްލާމީ ޔުނިވަރސިޓީއަށާއި އާންމު ސަރަހައްދުތަކަށް ޔަހޫދީންގެ ހަމަލާތަކެއް

ޣައްޒާ ސިޓީގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހަށާއި އެކި ސަރަހައްދުތަކަށް ޔަހޫދީ ފައުޖުތަކުން ނިރުބަވެރި ހަމަލާތަކެއްދީ، އަށް މީހުން ޝަހީދުކޮށްލައިފިއެވެ. މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ ޔުނިވަރސިޓީއަށް ދިން ދެވަނަ ވައިގެ ހަމަލާއެއްގައި ތިން ސެކިއުރިޓީ ގާޑުން ޝަހީދުކޮށްލިއެވެ. އޭގެ ކުރިން ދިން ޑްރޯން ހަމަލާއެއްގައި ހަތް އަންހެން ދަރިވަރަކު ޒަޚަމުވި އިރު، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ކައިރީގައި ހުރި ފީލްޑް ހަސްފަތާލަކަށް ވަނީ ގެންގޮސްފައެވެ. މި ހަމަލާތަކުގެ ނަތީޖާ "އިންތިހާއަށް ބޮޑު" ކ…

ޑޮލަރު އާމްދަނީ ބުދަ ދުވަހުގެ ކުރިން މާރުކުރަން ހަނދާންކޮށްދީފި

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޑޮލަރު އާމްދަނީ މާރުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ހަނދާންކޮށްދީފި އެވެ. އެމްއެމްއޭގެ ނޫސްބަޔާނެއްގައި ވަނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން މާރުކުރުމުގެ އިލްތިޒާމު، ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް އަދާކުރަމުން ގެންދިއުމަށް ހަނދާންކޮށްދޭ ކަމަށެވެ. ބޭރު ފައިސާއިން އެ މަހަކު ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން މާރުކުރަން ޖެހ…

Loading fresh headlines…