ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީއެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވެސް ބިލު ކުރިއަށް ގެންގޮސްފައިވަނީ މިއަދުއެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ.
އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓުދެއްވީ 43 މެމްބަރުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ލިބިފައިނުވެއެވެ. ބިލް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މިއަދު މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން "ރަސްމާލެ" މަޝްރޫޢާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްޞީލުތައް ހާމަކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ. އެ ޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާސްވެފައެއް ނުވެއެއެވެ.
އެ ޤަރާރު ބަލައިގަންނަން 10 މެމްބަރުން އަދި ބަލައި ނުގަތުމަށް 45 މެމްބަރުން ވޯޓުދެއްވިއެވެ.
މީގެއިތުރުން، 11 ޑިސެންބަރު 2025 ގައި، މަސްވެރިން ކުރަމުންދިޔަ މުޒާހަރާއެއްގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ، އެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި އެ ރިޕޯޓުގެ ބަޙުސްވެސް މިއަދު ކުރިއަށްގެންދަވާފައިވެއެވެ.
އެ ރިޕޯޓު މަޖިލީހުން ފާސްކުރައްވާފައިވަނީ، 46 މެމްބަރުންގެ ވޯޓާއެކުގައެވެ. އެ ރިޕޯޓް ފާސްކުރަން ނުފެންނަކަމަށް 10 މެމްބަރުން ވޯޓުދެއްވިއެވެ.
ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅުއެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު ބަލައިގެންފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed