Live 358,335 stories Updated Oct 26, 2026
Browse topics All stories

Latest stories

Live feed

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު 19ގައި

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މި ޖަލްސާ އޮންނާނީ އެރޭ 8:30ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ ކަމަށްވެސް ވިދާޅުވިއެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމ…

ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކޮށްފި

2026 ވަނަ އަހަރުގެ 'ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސް' އަދި 'އީކޯ އެކްސްޕޯ އޭޝިއާ ކޮންފަރެންސް' ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. ހޮންކޮންގްގައި ބޭއްވުނު މި ކޮންފަރެންސްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރ އޮފް ސްޓޭޓް އައިޝަތު އިނާޔާ އާއި ޑެޕިއުޓީ މިނިސްޓަރ އަލީ ނާސިރެވެ. https://x.com/MoEnvmv/status/2114627190268764536 އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ކޮންފަރެންސްއަކީ، ތިމާވެށި ރައް…

އަތުގައި އޮތް އިތުރު އައިފޯނަކަށް ޓެކްސް ނެގުމުން ކޮޗިން އެއާޕޯޓްގައި އިހުތިޖާޖުކޮށްފި

އެހެން ގައުމަކުން އާ އައިފޯން ގަނެގެން އިންޑިއާއަށް އެތެރެކުރާ މީހުންގެ އަތުން ކަސްޓަމްސް ޑިއުޓީ ނަގާތީ އާންމުންގެ ޝަކުވާ ބޮޑުވެ މި މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ. މި މައްސަލަ ބޮޑަށް ސަމާލުކަމަށް އައީ ކެރަލާގެ ނެދުންބައްސޭރީ (ކޮޗިން) އެއާޕޯޓުގައި ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އިންޑިއާގެ ކޮޒިކޯޑަށް ނިސްބަތްވާ އަޖަސް މުހައްމަދު ނަމަކަށް ކިޔާ މީހަކު ދުބާއީން އައިފޯން 18 ޕްރޯއެއް ގަނެގެން އެ އެއާޕޯޓުން އިންޑިއާއަށް އެތެރެވާން އައުމުން، ކަސްޓަމްސް އޮފިޝަލުން ވަނީ އެ ފޯނަށް ކަސްޓަމްސް ޑ…

ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ފުލުހުން ސޮއިކޮށްފި

ދެކުނު ކޮރެއާގެ އިންޗިއޮންގައި ބޭއްވި "އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް" (އައިއައިސީއޭ) ގެ ފުރަތަމަ އަހަރީ ފޯރަމްގައި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްގެ ކުށްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފި އެވެ.ފުލުހުން ބުނީ، ކޮރެއަން ނޭޝަނަލް ޕޮލިސް އެޖެންސީން އިންތިޒާމުކޮށްގެން 2026 އޮކްޓޫބަރު 21 އިން 23 އަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި ފުލުހުންގެ ޚިދުމަތުގެ ފަރާތުން…

ދިރާސީ އަހަރު ޖެނުއަރީގައި ފަށަން ޖެހޭ ގޮތަށް ތައުލީމުގެ ގާނޫނުގައި ހިމަނަން ހުށަހަޅައިފި

ދިރާސީ އަހަރުގެ ކިޔެވުން ފަަށަން ޖެހޭނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީގައި ކަމަށް ތައުލީމުގެ ގާނޫނުގައި ކަނޑައަޅަން، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބިލްގައި ހިމަނައިފި އެވެ. މި ބަދަލު ގެންނަނީ ރައްޔިތުންގެ މަޖިލީހަށް ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި ބިލުންނެވެ. ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއި ހޯމް ސްކޫލިން ތައާރަފްކުރުން ފަދަ މުހިއްމު ކަންކަން ހިމަނާފައިވާ އެ ބިލުގެ ފުރަތަމަ ކިއުންް މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ. އެ ބިލުގައި، ރާއްޖޭގެ ދިރާސީ އަހަރު އަދ…

އެމްއައިބީ އީޖީއެމް އަންނަ މަހު 10ގައި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މިއަހަރުގެ ފުރަތަމަ ހާއްސަ އާއްމު ޖަލްސާ (އީޖީއެމް) އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމައި އިއުލާނުކޮށްފި އެވެ. މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށް ބާއްވަން ހަމަޖެހިފައިވާ އެ ޖަލްސާ އޮންނާނީ އެ ދުވަހު ހެނދުނު 10:30ގަ އެވެ. ބޯޑަށް ނޮމިނީ ޑިރެކްޓަރަކު އައްޔަންކުރުމާއި، ބޭންކުގެ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ޑިރެކްޓަރަކު އައްޔަންކުރުން އެ ޖަލްސާގެ އެޖެންޑާގައި އެވެ. މި …

އެލައިޑް އިންޝުއަރެންސަށް އިފްސާގެ ދެ އެވޯޑު

އެލައިޑް އިންޝުއަރެންސަށް 11 ވަނަ އިސްލާމިކް ފައިނޭންސް ފޯރަމް ސައުތު އޭޝިއާ އެވޯޑްސް 2026 (އިފްސާ)ގައި ދެ އެވޯޑު ލިބިއްޖެ އެވެ. އެ އެވޯޑު ހަފްލާގައި އެލައިޑުގެ އިސްލާމިކް ވިންޑޯ އެލައިޑް ތަކަފުލް އަށް އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ އެވޯޑާއި ކަމަނަ ތަކަފުލް އަށް އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް އޮފް ދަ އިޔާގެ އެވޯޑު ވަނީ ލިބިފަ އެވެ. އެލައިޑުން ބުނީ މިކާމިޔާބީ އަކީ މިދިޔަ އަހަރު އެ ކުންފުނީގެ މެނޭޖްމަންޓުން ތަކަފުލް ބިޒްނަސް އިތުރަށް ތަރައްގީކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ސަބަ…

3 މީހުން އަރުވަގެން ދަނިކޮށް ހިނގި އެކްސިޑެންޓް: ވެންޓިލޭޓަރުގައި އޮތް މީހާ ވޯޑަށް ބަދަލުކޮށްފި

26 Oct 2026, 14:48 މި މަހުގެ ކުރީކޮޅު ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ސައިކަލު ދުއްވަނިކޮށް ހިނގި އެކްސިޑެންޓުގައި ހާލުދެރަވެ ވެންޓިލޭރަށްލި ދެވަނަ މީހާ ވެސް ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ. އެ އެކްސިޑެންޓުގައި އަނިޔާވެ ފަސް މީހަކު އައިޖީއެމްއެޗަށް ފަރުވާއަށް ގެންދިޔައެވެ. 'ސަން' އިން މިއަދު ސުވާލުކުރުމުން އައިޖީއެމްއެޗުން ބުނީ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އެ ހޮސްޕިޓަލަށް ގެންދިޔަ ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ހޮސްޕިޓ…

ޖަޕާނުގެ ސޮފްޓްބޭންކުން މެލޭޝިއާގައި 50 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

ޖަޕާނުގެ މަޝްހޫރު ސޮފްޓްބޭންކް ގްރޫޕުން މެލޭޝިއާގައި 50 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 771 ބިލިއަން ރުފިޔާ) ގެ ބޮޑު ޓެކްނޮލޮޖީ އިންވެސްޓްމަންޓެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ. ބްލޫމްބާގްގެ ރިޕޯޓްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ބުނި ގޮތުގައި، ސޮފްޓްބޭންކްގެ ޗެއާމަން އަދި ސީއީއޯ މަސަޔޯޝީ ސޮން އާ އެކު ބޭއްވި ވީޑިއޯ ކޮންފަރެންސަކަށް ފަހު، މި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނެ ސަރަހައްދުތައް މިހާރު ވަނީ ކަނޑައަޅައިފަ އ…

ނަޞްރުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅިގެން މާލޭގައި ސިފައިން ހަތިޔާރާއެކު ތަމްރީނުތަކެއް ކުރިއަށް ގެންދަނީ!

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅިގެން މާލޭގައި ސިފައިން ހަތިޔާރާއެކު ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނީ، މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއާތުގައި…

އައިފޯން ޑުއޯގެ ސްކްރީން ފެޅެނީ ހިންޖަށް ލިބޭ ގެއްލުމަކުން

26 Oct 2026, 15:09 އައިފޯން ޑުއޯގެ އެތެރޭ ސްކްރީން ފެޅެނީ ހިންޖް ނުވަތަ ހުޅަށް ލިބޭ ގެއްލުމެއްގެ ސަބަބުން ކަމަށް ބެލެވިއްޖެއެވެ. އެޕަލް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު، ފަށްޖަހާލެވޭ ފުރަތަމަ ފޯނު "އައިފޯން ޑުއޯ" ބާޒާރަށް ނެރުނުތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި، އެ ފޯނުގެ އެތެރޭ ސްކްރީން ފެޅޭ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ސޯޝަލް މީޑިއާ އާއި ޓެކްނޮލޮޖީ ފޯރަމްތަކުގައި ގިނަ ބަޔަކު ދަނީ ފޯނުގެ ހިންޖު (ހުޅު) ހުންނަ ދިމާލުން އެތެރޭ ސްކްރީން ފެޅި، ބޭނުންނުކުރެވޭ ވަރުވެފައިވާ މަންޒަރުތައ…

އެމްއައިބީގެ ޚާއްޞަ ޢާންމު ޖަލްސާ އަންނަ މަހު 10ގައި

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ މިއަހަރުގެ ފުރަތަމަ ޚާއްޞަ ޢާންމު ޖަލްސާ އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި ޖަލްސާ ކުރިއަށްދާނީ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ، އެމްއެސްޑީގެ އޮންލައިން ޖަލްސާ ނިޒާމު "ފަހިވޯޓު" މެދުވެރިކޮށެވެ. އެމްއައިބީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޖަލްސާގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑާ ގުޅޭ މުހިންމު ކަންތައްތަކަކާމެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބޯޑަށް އާއްމު ޑިރެކްޓަރަކު އައްޔަން ކުރުމާއި، ބޭންކުގެ…

Loading fresh headlines…