Live 358,335 stories Updated Oct 26, 2026
Browse topics All stories

Latest stories

Live feed

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު 19ގައި ބާއްވަނީ

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ރައީސް އޮފީހުން ބުނީ މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ޖަލްސާގައި، ރައީސް ޑރ. މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން މި ޖަލްސާގައި އޮންނާނެއެވެ. ޚާއްޞަ އިނާމަކީ، ޢިލްމާއި ހުނަރާއި، އުފެއްދުންތ…

ބަނޑޭރިކޮށި ހުސްކުރަން އެންގި މައްސަލަ: އެމްއެންޑީއެފްގެ ބަހެއް ނުލިބުނު!

މާލޭގައި ސިފައިންގެ އާއިލާތައް ދިރިއުޅުމަށް ޚާއްސަކޮށްފައިވާ ބަނޑޭރިކޮށި ޑިސެންބަރު މަހުގެ ނިޔަލަށް ހުސްކުރުމަށް އަންގައިފި އެވެ. ރާއްޖެއެމްވީއަށް އެތަނުގައި ދިރިއުޅޭ އާއިލާއަކުން މައުލޫމާތު ދިން ގޮތުގައި، މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އެތަން ހުސްކުރުމަށް އަންގާފައިވާ ނޯޓިހެއް މި އޮކްޓޫބަރު މަހުގައި ވަނީ ފޮނުވާފަ އެވެ. އަދި ކުއްލިއަކަށް މިއެންގުން އެންގުމުން މިއީ ކަންބޮޑުވާ ކަމެއް ކަމަށް އެ މީހުން ބުނެ އެވެ.މިކަމުގެ މައުލޫމާތު ސާފުކުރުމަށް ހޯމަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން އެމ…

ޓޮޕް އައުޓްސްޓޭންޑިން މާސްޓަރ ޝެފް އެވޯޑު މަހާ ނަސީރަށް

މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި "ވޯލްޑް ޓޮޕް ގޯމޭ އެވޯޑްސް 2026"ގައި ދިވެހި ޝެފް މަހާ ނަސީރަށް "ޓޮޕް އައުޓްސްޓޭންޑިންގ މާސްޓަރ ޝެފް އެވޯޑް އޮފް މޯލްޑިވްސް ކުޒިން" ލިބިއްޖެއެވެ. ޝެފް މަހާ ނަސީރު ހޯދި މި ބައިނަލްއަޤުވާމީ ކާމިޔާބީއަކީ، ދިވެހި ކެއްކުންތެރިންގެ ހުނަރުވެރިކަމާއި ރާއްޖޭގެ ކާބޯތަކެތި ދުނިޔޭގެ ފެންވަރުގައި އިތުރަށް މަޤުބޫލުވެގެން ދިޔުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މަހާއަކީ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަންވެސް ކުރައްވަމުން ގެންދަވާާ، 2022ވަނަ އަހަރު "މާސްޓަރ ޝެ…

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ބަޔަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ތަފާތު 3 ތުހުމަތުގައި، 3 މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ، މިމީހުން ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މި ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ ރީތިހިޔާ / އއ. މާޅޮސް، މުޙައްމަދު އަފަލާޙް (24އ) އާއި، މާނާގަލާ / ގއ. މާމެންދޫ، މުޚައްމަދު ނަފީޒު …

ސާބިއާގެ އިންތިޚާބު ކާމިޔާބުކުރީ ދަރިވަރުންގެ ހަރަކާތުން، ވޫޗިޗްގެ ވެރިކަން ނިމުމަކަށް

ސާބިއާގައި ބޭއްވުނު ތާރީޚީ އިންތިޚާބު، ދަރިވަރުން އިސްވެ ތިބެގެން އުފެއްދި "ސްޓޫޑެންޓް ލިސްޓު"އިން ކާމިޔާބުކޮށްފައިވާ ކަމަށް، އެ ޤައުމުގެ ރައީސް އެލެކްޒެންޑަރ ވޫޗިޗް އިޢުލާނުކުރައްވައި، ރަސްމީކޮށް ބަލި ޤަބޫލުކުރައްވައިފިއެވެ. މިއާއެކު، 2014 ވަނަ އަހަރުން ފެށިގެން ސާބިއާގެ ސިޔާސީ މަސްރަހުގައި އެންމެ އިސްކޮށް ހުންނެވި، ވޫޗިޗްގެ 10 އަހަރަށް ވުރެ ދިގު ވެރިކަމަށް ނިމުމެއް އައިސް، އެ ޤައުމުގައި ސިޔާސީ އައު ބާބެއް ވަނީ ފެށިފައެވެ. ސާބިއާގައި އަވަސް އިންތިޚާބެއް ބޭއްވުމުގެ މަޖުބޫރީ ހާލަތު ކުރިމަތިވީ، 20…

ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކޮށްފި

ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސް' އަދި 'އީކޯ އެކްސްޕޯ އޭޝިއާ ކޮންފަރެންސް'ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. ހޮންގްކޮންގްގައި ބޭއްވި މި ކޮންފަރެންސްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ސްޓޭޓް މިނިސްޓަރ އާއިޝަތު އިނާޔާއާއި އެވުޒާރާގެ ނައިބު ޢަލީ ނާސިރެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ކޮންފަރެންސްއަކީ ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރާ ބަ…

ގަލްފުގެ ޤައުމުތަކުން 1.5 ބިލިއަން ފީފާގެ ތެޔޮ ބޭރުކުރަން އެހީވި ކަމަށް އެމެރިކާއިން ބުނެފި

ސަރަހައްދީ ހުރަސްތަކާއެކުވެސް، އެމެރިކާ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ގަލްފުގެ ޤައުމުތަކުން 1.5 ބިލިއަން ފީފާގެ ތެޔޮ އެކްސްޕޯޓްކޮށްފިކަމަށް އެމެރިކާއިން ބުނެފިއެވެ. އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކުވެސް ޖޫން މަހުން ފެށިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ އެހީތެރިކަމާއެކު ގަލްފުގެ ޤައުމުތަކުން 1.5 ބިލިއަން ފީފާގެ ތެޔޮ އެކްސްޕޯޓްކޮށްފައިވާ ކަމަށް އެމެރިކާ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ. ސެންޓްކޮމުން އާންމުކޮށްފައިވާ ރިޕޯޓެއްގައިވާ…

ފުނަދޫ އަލިފާނުގެ ހާދިސާއާއި ގަވައިދާ ޚިލާފަށް ވަތް ތެޔޮ ބޯޓުތަކުގެ މައްސަލައިގައި ކަމާ ގުޅޭ ވެރިން ހާޒިރުކުރަނީ

26 Oct 2026, 15:55 މާލެ ކައިރީ އަޅާފައި އޮތް ބޭރުގެ ބޮޑު ދެ ތެޔޮ ބޯޓު ކަނޑުގަދަވެގެން އޮޔާ ގޮސް މާލޭ އިރުމަތީ ފަރަށާއި ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާއާއި އިއްޔެ ށ. ފުނަދޫގެ ޕެޓްރޯލް ޝެޑެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުލިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ހާޒިރުކުރަން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ނިންމައިފިއެވެ. މި ހާދިސާތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިން ހާޒިރުކުރަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަ…

މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ހުށަހެޅުމުން އެންމެނަށް އިންޝުއަރެންސް ދޭން ދިރާސާކުރަނީ

އާއްމު ރައްޔިތުންނަށް ނުލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ދޭތީ އެ ހިދުމަތް ކަނޑާލަން ގޮވާލައި ޕެޓިޝަނެއް ހުށަހެޅުމުން، މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް ހެލްތު އިންޝުއަރެންސް ދޭނެ ގޮތް ބަލަން ދިރާސާއެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ. "ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން" ގޮވާލައި 7،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް …

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން އުވާލަން ހުށަހެޅި ހުށަހެޅުން ބަލައިގެންފި

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގާ ގޮތަށް ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލު އުވާލަން ސަރުކާރުން ހުށަހެޅި ހުށަހެޅުން ބަލައިގަނެ އަލުން ކޮމިޓީއަށް ފޮނުވައިފިއެވެ. މިއަދުގެ މަޖިލީހަށް މި ހުށަހެޅުން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮލަމާފުށީ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީއެވެ. އަދި އެ ބިލު ބަލައިގަންނަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ އިއްތިފާގުންނެވެ. މ…

ށ. ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ށ.ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. މި އަލިފާނުގެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:15 ގަ އެވެ. އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނީ މެންދުރު 12:05 ގަ އެވެ. މި މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފްގެ އިތުރުން ފުލުހުންނާއި އާއްމު ރައްޔިތުން ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން ބޮޑެތި…

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އެލައިޑްއަށް ބައިނަލްއަގްވާމީ ޝަރަފުވެރި 2 އެވޯޑެއް

26 Oct 2026, 16:06 އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އަށް 11 ވަނަ އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އައިއެފްއެފްއެސްއޭ) އެވޯޑްސް 2026 ގައި އަގުހުރި ދެ އެވޯޑެއް ލިބިއްޖެއެވެ. އެލައިޑުގެ އިސްލާމިކް ވިންޑޯ ކަމަށްވާ "އެލައިޑް ތަކާފުލް" އަށް "އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ" ގެ ލަގަބު ލިބިފައިވާއިރު، "ކަމަނަ ތަކާފުލް" އަށް ވަނީ "އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް އޮފް ދަ އިޔާ" ގެ އެވޯޑު ލިބިފައެވެ. އެ ރަސްމިއްޔާތު އޮތީ ނިމުނު ހަފުތާގެ އަންގާރަ ދުވަހު، ސްރީލަ…

Loading fresh headlines…