ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ތަފާތު 3 ތުހުމަތުގައި، 3 މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މިމީހުން ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މި ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މި އަމުރާ ގުޅިގެން ހޯދަމުންދަނީ ރީތިހިޔާ / އއ. މާޅޮސް، މުޙައްމަދު އަފަލާޙް (24އ) އާއި، މާނާގަލާ / ގއ. މާމެންދޫ، މުޚައްމަދު ނަފީޒު ރަޝީދު (36އ) އަދި ގ. ސެމިޓޯން / މާލެ، އިބްރާހިމް ޝަރީފު (42އ) އެވެ.
މި މީހުން ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.
އެހެންކަމުން މި ތިން ފަރާތާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި، މައުލޫމާތު ހިއްސާކުރުމަށް ދިވެހިން ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ބަޔަކު ހޯދަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed