ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސް' އަދި 'އީކޯ އެކްސްޕޯ އޭޝިއާ ކޮންފަރެންސް'ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
ހޮންގްކޮންގްގައި ބޭއްވި މި ކޮންފަރެންސްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ސްޓޭޓް މިނިސްޓަރ އާއިޝަތު އިނާޔާއާއި އެވުޒާރާގެ ނައިބު ޢަލީ ނާސިރެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ކޮންފަރެންސްއަކީ ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރާ ބައިނަލްއަޤުވާމީ އެކި ފަރާތްތަކާ ގުޅުން ބަދަހިކޮށް، ޚިޔާލު ބަދަލުކޮށް އަދި އެއްބާރުލުމުގެ ފުރުސަތުތައް ހޯދުމަށް ހުޅުވިގެންދިޔަ ވަރަށް މުހިންމު މަންސައެއް ކަމަށެވެ. ޚާއްސަކޮށް ގްރީން އިނޮވޭޝަން ތިމާވެށި ރައްކާތެރިކުރުން، ކްލައިމެޓް އެކްޝަން އަދި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން އައު ހައްލުތަކާއި މަޝްރޫޢުތަކަށް މަގުފަހިކުރުމަށް މި ބައްދަލުވުންތަކުގެ ސަބަބުން ބޮޑެތި ފުރުޞަތުތަކެއް ލިބިގެން ދިޔަކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ، ތިމާވެށީގެ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ޤައުމެއް ކަމުގައިވާއިރު، މިފަދަ ބައިނަލްއަޤުވާމީ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވުމަކީ، ޤައުމުގެ ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.
ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed