މޯލްޑިވްސް
އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މިއަހަރުގެ ފުރަތަމަ ހާއްސަ އާއްމު ޖަލްސާ
(އީޖީއެމް) އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމައި އިއުލާނުކޮށްފި އެވެ.
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށް ބާއްވަން ހަމަޖެހިފައިވާ އެ ޖަލްސާ އޮންނާނީ އެ ދުވަހު ހެނދުނު 10:30ގަ އެވެ.
ބޯޑަށް ނޮމިނީ ޑިރެކްޓަރަކު
އައްޔަންކުރުމާއި، ބޭންކުގެ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ
ޑިރެކްޓަރަކު އައްޔަންކުރުން އެ ޖަލްސާގެ އެޖެންޑާގައި އެވެ.
މި
ޖަލްސާގައި ބައިވެރިވެ، ވޯޓު ދިނުމުގެ ފުރުސަތު ލިބޭނީ މިއަދުގެ މެންދުރު 2 އާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ މީހުންނަށެވެ.
ޖަލްސާގައި
ބައިވެރިވާން އެދޭ، ޝަރުތުހަމަވާ ހިއްސާދާރުންinfinity.mvޕޯޓަލް މެދުވެރިކޮށް
ނުވަތަ[email protected] އަށް ރަޖިސްޓްރޭޝަން ފޯމު އީމެއިލްކޮށްގެން ރަޖިސްޓްރީ ކުރެވޭނެ އެވެ. އަންނަ މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:30 ވަންދެން އީޖީއެމްއަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. ރަޖިސްޓްރޭޝަން ފޯމު ބޭންކުގެ އިންވެސްޓަ ރިލޭޝަންސްވެބްސައިޓް އިން ލިބެން ހުންނާނެ އެވެ.
އީޖީއެމްގައި
ބައިވެރިވުން ފަސޭހަކުރުމުގެ ގޮތުން، ޝަރުތުހަމަވާ ހިއްސާދާރުން ސުންގަޑި ހަމަވުމުގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް އެމްއައިބީން
އެދެ އެވެ.