ޑޮލަރު އާމްދަނީ ބުދަ ދުވަހުގެ ކުރިން މާރުކުރަން ހަނދާންކޮށްދީފި
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޑޮލަރު އާމްދަނީ މާރުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ހަނދާންކޮށްދީފި އެވެ. އެމްއެމްއޭގެ ނޫސްބަޔާނެއްގައި ވަނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން މާރުކުރުމުގެ އިލްތިޒާމު، ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް އަދާކުރަމުން ގެންދިއުމަށް ހަނދާންކޮށްދޭ ކަމަށެވެ. ބޭރު ފައިސާއިން އެ މަހަކު ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން މާރުކުރަން ޖެހ…