Live 358,356 stories Updated Oct 26, 2026
Browse topics All stories

Latest stories

Live feed

ހަމުގެ ޒުވާންކަން ދަމަހައްޓަން ބޭނުންނަމަ ފޮނި ކެއުންތަކާ ދުރުވޭ

26 Oct 2026, 10:54 އުފާވެރި މުނާސަބަތެއް ފާހަގަކޮށްލަން ނުވަތަ ކެއުމަކަށްފަހު ފޮނި އެއްޗެއް ކާލުމަކީ ހަންގަނޑު ކުއްލިއަކަށް މުސްކުޅިވާނެ ކަމެއް ނޫން ނަމަވެސް، މެދުކެނޑުމެއްނެތި ދިގު މުއްދަތަކަށް ހަކުރު ބޭނުންކުރުމަކީ ހަމުގެ ދުޅަހެޔޮކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫނުމަތީގައި ރޫޖެހުމާއި ހަންގަނޑު އެލިގެންދާ ސަބަބުތަކާ މެދު ވިސްނާއިރު ހަކުރަކީ އެންމެ ފުރަތަމަ ސިކުނޑިއަށް އަންނަ ނަމަށް ނުވި ނަމަވެސް، ހަށިގަނޑަށް އެތެރެވާ އިތުރު ހަކުރާމެދު ހަށިގަނޑު ދައްކާ އިޖާބައިގެ ސަބަބުން ޢުމުރުން ދުވަސްވުމުގެ…

ހޫޘީންގެ ހަމަލާތަކަށްފަހު ރިޔާޟުން އަލުން އުދުހުންތައް ފަށައިފި

ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓުގެ ދެ ޓާމިނަލެއްގައި ޚިދުމަތް ދިނުން، ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީންގެ ހަނގުރާމަވެރިން ދިން ހަމަލާތަކެއްގެ ސަބަބުން މެދުކަނޑާލުމަށްފަހު، އިއްޔެ އަލުން ފަށައިފިއެވެ. އެ ވައިގެ ބަނދަރުގެ ޚިދުމަތްތައް މެދުކަނޑައިލީ، މިމަހުގެ 10 ވަނަ ދުވަހު ހޫޘީން ދިން ހަމަލާއެއްގައި 13 މީހުން މަރުވުމާ ގުޅިގެންނެވެ. ވައިގެ ބަނދަރުގެ އޮޕަރޭޝަންތައް އަލުން ފެށުނު ނަމަވެސް، ހޫޘީން ވަނީ އެ ތަނަކީ "އަސްކަރީ އަމާޒެއް" ކަމަށް ބުނެ ހަމަލާތައް ހުއް…

ޓްރަމްޕްގެ ކެންޑިޑޭޓް ބަލިކޮށް ދަ ސިލްވާ ބްރެޒިލްގެ އިންތިޚާބު ކާމިޔާބުކުރައްވައިފި

26 Oct 2026, 11:14 ބްރަޒީލިޔާ (26 އޮކްޓޯބަރު 2026): ބްރަޒީލްގެ ރައީސް ލުއިޒް އިނަސިއޯ ލޫލާ ދަ ސިލްވާ އެ ގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ. ދަ ސިލްވާ މި އިންތިޚާބު ކާމިޔާބު ކުރެއްވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުގެ 51.75 އިންސައްތަ ހޯއްދަވައިގެންނެވެ. ދެވަނަ ބުރުގައި އޭނާއާ ވާދަކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ތާއީދު އޮތް ބްރަޒީލްގެ ކަނާތު ފިޔައިގެ ހަރުކަށި މަހުޖަނު ފްލަވިއޯ ބޮލްސޮނާރޯއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ދަ ސިލްވާ އަށް ވުރެ ކުރީގައި އުޅ…

މިއީ ކެރިކްގެ ވަދާއީ ސަލާމެއްތަ؟ ހޯ އާއި ނާގެލްސްމަނަށް ޔުނައިޓެޑުން ފާރަލަނީ

މަންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކްގެ މުސްތަގުބަލާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި، އޭނާގެ ބަދަލުގައި އެ މަގާމަށް ގެންނާނެ ކޯޗުން ހޯދުމުގެ މަސައްކަތް އެ ކްލަބުން ފަށައިފި އެވެ. އަމިއްލަ ދަނޑު، އޯލްޑް ޓްރެފޯޑްގައި ރޭކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބޯންމައުތު އަތުން ޔުނައިޓެޑް ބަލިވުމާ އެކު، ކެރިކަށް އޮތް ޕްރެޝަރު ވަނީ އިތުރަށް ބޮޑަށް ބޮޑުވެފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ކޯމޯ އަތުން 4-1 އިން ބަލިވި މެޗަށްފަހު ފާއިތުވި ފަސް ދުވަސް ތެރޭގައި އެ ޓީމަށް ކުރިމަތިވި …

ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވުން: ހާދިސާ އިތުރަށް ތަހުގީގުކުރުމަށް މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް އެ ރަށަށް

ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ޝެޑެއްގައި އަލިފާން ރޯވެ ހިނގި ނުރައްކާތެރި ހާދިސާ، ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ޓީމަކުން އިތުރަށް ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ. މި އަލިފާނުގެ ހާދިސާ ހިނގިކަމުގެ ރިޕޯޓު ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 8:15 ގަ އެވެ. އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނީ މެންދުރު 12:05 ގަ އެވެ. މި މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފްގެ އިތުރުން ފުލުހުންނާއި އާއްމު ރައްޔިތުން ގުޅިގެންނެވެ. ފުލުހުން ބުނީ…

ސްކޫލަށް ހާޒިރުނުވެވޭ ހާލަތުގައި ހޯމް ސްކޫލިން ފަހިކޮށްދިނުމަށްޓަކައި ގާނޫނު އިސްލާހުކުރަނީ

26 Oct 2026, 11:19 ސްކޫލަށް ހާޒިރުވެ ދަރިވަރުން ތައުލީމު ހާސިލްކުރަން ނުކުޅެދިއްޖެ ހާލަތުގައި ގޭގައި ބައިތިއްބައިގެން ނުވަތަ ހޯމްސްކޫލިން ދީގެން ދަރިވަރުންނަށް އުނގެނުން ފަހިކޮށްދިނުމަށްޓަކައި ތައުލީމާ ބެހޭ ގާނޫނަށް ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފިއެވެ. ގާނޫނުގައި މިހާރު އޮންނަނީ ދަރިވަރުގެ ހާލަތު ހުންނަ ގޮތުން ސްކޫލަށް ހާޒިރުވުމަށް ނުކުޅެދޭ ކުދިންނަށް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން އިސްތިސްނާއެއް ދިނުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ. އެ ގާނ…

ބުރުގެ ކެޕްޓަން ހަމްދާނާއެކު ޤައުމީ ޓީމު އިންޑޮނޭޝިއާއަށް

ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ހާއްސަ ޓްރެއިނިންގ ކޭމްޕަކަށް އިންޑޮނޭޝިއާއަށް މިއަދު މެންދުރު ފުރައިފިއެވެ. މި ދަތުރަށް ޓީމު ފުރާފައިވަނީ ފަހު ވަގުތު ދިމާވި އަނިޔާގެ މައްސަލަތަކަކާ ގުޅިގެން ސްކޮޑަށް ބަދަލުތަކެއް ގެނައުމަށްފަހުއެވެ. ފުރަތަމަ އެކުލަވާލި 26 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުން، ފަހު ވަގުތު އަނިޔާގެ ސަބަބުން ބައެއް ކުޅުންތެރިން ބާކީކުރަންޖެހުމާ ގުޅިގެން، ކޯޗިން ޓީމުން ވަނީ ސްކޮޑު 24 ކުޅުންތެރިންނަށް މަދުކޮށްފައެވެ. އެހެންނަމަވެސް މިއަދު އިންޑޮނޭޝިއާއަށް ފުރި ޓީމުގައި ހިމެނެނީ 23 ކުޅުން…

ވައިގެމަގުން އެތެރެކުރަން އުޅުނު 6.75 ކިލޯގެ ޑްރަގް ކަސްޓަމްސްއިން އަތުލައިގެންފި

މި ހިނގާ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ ތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނައި އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ. ކަސްޓަމްސް އިން ބުނީ، އަތުލައިގަންފައިވަނީ ސިންތެޓިކް ކެތިނޯން ކަމަށެވެ. އަދި އެ ތަކެތީގެ ބަރު…

ކޮމްޕެނީގެ ހާލު ގޯސްވީ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުންތޯ ސުވާލު އުފައްދައިފި

ބެޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަކީ އޭނާގެ ދިރިއުޅުމުގެ އާދަކާދަތައް ހުރިގޮތުން މެދުވެރިކަމެއްތޯ ޖަރުމަނުގެ މީޑިއާތަކުން ސުވާލު އުފައްދައިފި އެވެ. ޖަރުމަނުގެ "ޓީޒީ" ނޫހުން ބުނިގޮތުގައި، މީގެ ކުރިންވެސް ކޮމްޕެނީ ވަނީ އެޑްމިޓްކޮށްގެން ހޮސްޕިޓަލުގައި އެއް ރޭ ހޭދަކޮށްފަ އެވެ. ސިއްހީ އެ މަރުހަލާގައި އޭނާގެ ބައެއް ޓެސްޓަކެއް ވެސް ހެދި އެވެ. ނަމަވެސް އެފަހަރު ހެދި ޓެސްޓުތަކުގެ ނަތީޖާއިން އެއްވެސް ނުރައްކާތެރި މައްސަލައެއް ފެނިފައެއް ނުވެ އެވެ. ބަޔާން މި…

މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ހުށަހަޅެ ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމާ، ރިޔާސަތުން އެ މައްސަލަ ބޭރު ކޮށްލައިފި އެވެ. ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ގައުމުގެ އިގްތިސާދީ ހާލަތު އިންތިހާ އަށް ދަށަށް ގޮސް އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ފަށަށް އުފުލިފައިވާ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސ…

ކައްދޫ އެކްސިޑެންޓް: ދުވަސްވީ އަންހެން މީހާގެ މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ދައްކަން ހުކުމްކޮށްފި

26 Oct 2026, 09:34 ލައިސަންސް ނެތި ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ގޮސް ކަފިހިހުރަހުން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި، އެކަކު މަރުވެ އަނެކަކަށް އަނިޔާވި މައްސަލައިގައި، ދަޢުވާ ލިބުނު މީހާގެ މައްޗަށް ދެ ދަޢުވާއަކުން ޖަލު އަދަބު ކަނޑައަޅައި، 60 ދުވަހު ރޯދަ ހިފުމަށާއި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ޙުކުމް އިއްވާފައި ވަނީ ލ. ފޮނަދޫ/ ހޯރަވިލާ، މުޙައްމަދު ނައުސާންގެ މައް…

އެލްކްލެސިކޯގެ މޮޅާއެކު ވެސް ރެއާލްގެ ޝަކުވާތައް ނުހުއްޓުނު، ހަމަލާތައް "ނިދާފައި އޮތް" ވީއޭއާރަށް!

އަމިއްލަ ދަނޑުގައި ބާސެލޯނާއި ބަލިނުވެ އަހަރަލަށް ވުރެ ގިނަ ދުވަސް ވަންދެން ދެމެހެއްޓި ރެކޯޑަށް ވާދެވެރި ރެާއާލް މެޑްރިޑުން ނިމުން ގެނެސްފި އެވެ. ސީޒަނުގެ ފުރަތަމަ އެލްކްލެސިކޯގައި، ބާސާގެ ކޭމްޕް ނޯގައި ކުޅުނު މެޗު ކިލިއަން އެމްބާޕޭގެ ދެ ލަނޑާ އެކު ރެއާލުން ކާމިޔާބު ކުރީ 2-1 ންނެވެ. މި މެޗާ ބާސާއިން ކުރިމަތިލީ ޑޮމެސްޓިކް ސީޒަނުގައި އެއްވެސް މަޗަކު ބަލި ނުވެ ދަމަހައްޓަމުން އައި ރެކޯޑާ އެކު އެވެ. އެކަމަކު ރެއާލުން ވަނީ އެ ރެކޯޑަށް ނިމުން ގެނެސްފަ އެވެ. މިއީ ބާސާއަށް އެއް ހަފުތާތެރޭ ކުރިމަތިވި ދެވަ…

Loading fresh headlines…