ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައަށް އެއް މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި
ލ. ކައްދޫގައި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެ މީހާ މަރުވި މައްސަލާގައި، ސައިކަލް ދުއްވި މީހާގެ މައްޗަށް މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ. ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ލ.ފޮނަދޫ ހޯރަވިލާ، މުހައްމަދު ނައުސާނެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ހިނގި ހާދިސާއާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން އުފުލީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ …