ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓުގެ ދެ ޓާމިނަލެއްގައި ޚިދުމަތް ދިނުން، ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީންގެ ހަނގުރާމަވެރިން ދިން ހަމަލާތަކެއްގެ ސަބަބުން މެދުކަނޑާލުމަށްފަހު، އިއްޔެ އަލުން ފަށައިފިއެވެ.
އެ ވައިގެ ބަނދަރުގެ ޚިދުމަތްތައް މެދުކަނޑައިލީ، މިމަހުގެ 10 ވަނަ ދުވަހު ހޫޘީން ދިން ހަމަލާއެއްގައި 13 މީހުން މަރުވުމާ ގުޅިގެންނެވެ. ވައިގެ ބަނދަރުގެ އޮޕަރޭޝަންތައް އަލުން ފެށުނު ނަމަވެސް، ހޫޘީން ވަނީ އެ ތަނަކީ "އަސްކަރީ އަމާޒެއް" ކަމަށް ބުނެ ހަމަލާތައް ހުއްޓައި ނުލާނެ ކަމުގެ އިންޒާރު ދީފައެވެ.
އަދި އެއާލައިންތަކާއި ދަތުރުވެރިން އެ އެއާޕޯޓު ބޭނުން ނުކުރުމަށްވެސް އެ ޖަމާއަތުން ވަނީ ގޮވާލައިފައެވެ.
ހަމަލާތައް ބަދަލުކުރުން މެދުނުކެނޑި ކުރިއަށްދާއިރު، އިއްޔެ ވެސް ސަޢުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ޑްރޯންތައް ދިފާއުކޮށް ވައްޓާލާފައިވާ ކަމަށް ސަޢުދީގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
ނަމަވެސް މި ހަމަލާތައް ދިފާއުކުރުމުގެ ތެރޭގައި ވެއްޓުނު މިސައިލާއި ޑްރޯންގެ ބައިތަކުން ދެ މީހަކަށް އަނިޔާވެ، އާންމުންގެ މުދަލަށް ވަނީ ގެއްލުންތައް ލިބިފައެވެ.
ރަތްކަނޑުގެ އައްސޭރިފަށުގެ މުހިންމު ސަރަހައްދުތަކެއް ހޫޘީން ހިފުމާ ގުޅިގެން ސަޢުދީން ވަނީ އެ ޖަމާއަތާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފައެވެ.
އަލުން ފެށުނު މި ކުރިމަތިލުންތަކުގެ ސަބަބުން،އދ މެދުވެރިވެގެން 2022 ވަނަ އަހަރުން ފެށިގެން ދަމަހައްޓަމުން އައި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.
ހޫޘީންގެ ހަމަލާތަކަށްފަހު ރިޔާޟުން އަލުން އުދުހުންތައް ފަށައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed