Live 358,356 stories Updated Oct 26, 2026
Browse topics All stories

Latest stories

Live feed

ރައީސް މުއިއްޒު ވައުދުވާ ކަންކަން ކޮށްދޭން ނޭނގޭތީ ސަރުކާރުން ދަނީ ގާނޫނުގެ ބާރު ދައްކައި ރައްޔިތުންނަށް ބިރުދައްކަމުން: ނިޝާން

ކޮންމެ ކަމެއް ވެސް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވާ ކަމަށާއި، އެ ވައުދުތައް ފުއްދަވަން އެނގިވަޑައިނުގަތުމުން ކުރައްވާ ކަމަކީ ގާނޫނުގެ ބާރު ދައްކަވައިގެން ރައްޔިތުންނަށް ބިރު ދެއްކެވުން ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެ އެވެ.ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ ކޮންމެ މައްސަލައަކަށް ބެލި ކަމުގައިވީ ނަމަވެސް ފެންނަނީ މި ސަރުކާރަށް އެކަންކަން ހައްލުކުރަން ނޭނގިގެން އުޅޭ މަންޒަރު ކަމަށެވެ…

ކެތްތެރިކަމާއި ޢާއިލީ ލޯބި: ހިތްދަތިކަމަށް ލިބޭ ނަފްސުގެ ފަރުވާ

26 Oct 2026, 10:26 ދިރިއުޅުމަކީ އުފަލާއި ހިތާމައިގެ ދެމެދުގައި ހިނގާ ތަފާތު އިހުސާސްތަކެއްގެ ފުން ކަނޑެކެވެ. އުފަލުގެ މަޑުމައިތިރި ރާޅުތަކުގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށް، ކުއްލިއަކަށް ހަޔާތަށް ކުރިމަތިވާ ހިތާމައިގެ ތޫފާންތަކަކީ އިންސާނާގެ ނަފްސު ގުޑުވައިލާފަދަ އިމްތިޙާނުތަކެކެވެ. ލޯބިވާ މީހަކު ވަކިވެދިއުމާއި، ކުއްލި މުސީބާތްތަކާއި، ދިރިއުޅުމުގެ ބޮޑެތި ގެއްލުންތަކަކީ ކޮންމެ އިންސާނަކާ ވެސް ބައްދަލުކުރާނެ ޙަޤީޤަތްތަކެކެވެ. މިފަދަ އަނދިރި ދަނޑިވަޅުތަކުގައި ކެތްތެރިކަން އިސްކޮށް، ޢާއިލީ ގުޅުންތ…

ކުކޫގެ 2 ލަނޑުން ބުރު ބަލިކޮށް، މާޒިޔާ ލީގުގެ 2ވަނަ އަށް

ދިވެހި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަނުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ލީގު ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ. ބުރު ސްޕޯޓްސް ކްލަބާއި ބައްދަލުކުރި މިމެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0 އިންނެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޖެހި ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މިދޭސީ ފޯވާޑް ބެންޖަމިން ކުކޫއެވެ. ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗާ އެކު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައިއެވެ…

އަމިއްލަ ދަނޑުގައި ރެއާލް އަތުން ބާސާ ބަލިވެއްޖެ

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން 2-1 އިން ވާދަވެރި ބާސެލޯނާގެ މައްޗަށް ކުރިހޯދައިފިއެވެ. މިއީ، "އެލް ކްލަސިކޯ"ގެ ނަމުން މަޝްހޫރުވެފައިވާ ރެއާލް އާއި ބާސާގެ ކުރިމަތިލުންތައް ރެއާލުން ކާމިޔާބުކުރި 107 ވަނަ ފަހަރެވެ. ބާސާއިން ވަނީ 106 މެޗުން ރެއާލް ބަލިކޮށްފައެވެ. ބާސާގެ ދަނޑު، ކޭމްޕް ނޯގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައިގައި އެއްވެސް ޓީމަކަށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ރެއާލުން ލީޑު ނެގީ މެޗުގެ 41 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމުން އުފެއްދި އެޓޭކެއް ހުއްޓުވު…

ނެޓްފްލިކްސް ބޭނުންކުރާ މިންވަރާއި އެޕް ހުޅުވާ މިންވަރު މަދުވަނީ

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ސްޓްރީމިން ކުންފުނި ކަމަށްވާ ނެޓްފްލިކްސް ބޭނުންކުރާ މީހުން އެ ޕްލެޓްފޯމުގައި ކޮންޓެންޓް ބަލާ މިންވަރާއި އެޕްލިކޭޝަން ހުޅުވާ މިންވަރު ކުރިއަށް ވުރެ ދަށްވަމުންދާ ކަމަށް އެ ކުންފުނީގެ އެތެރޭގެ ހިސާބުތަކުން ހާމަވެއްޖެ އެވެ. މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަސްޓަމަރުން މަހެއްގެ މައްޗަށް އެޕް ހުޅުވާ ދުވަސްތަކުގެ އަދަދު ކުރީ އަހަރުތަކާ އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މީގެ އިތުރުން، އާންމުކޮށް ކޮންމެ ޔ…

ބޭރު މީހުންނަށް ބިން މިލްކު ކުރެވޭގޮތް ހަދާއިރު، ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ ޖައްސަންވެސް ފާސްކުރި ކަރުދާހުގައި އޮތް!

ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ހެދުމަށްޓަކައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތޮލިބް ހުށަހެޅުއްވި ކަރުދާހެއް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އެ ބަދަލުތައް ގެންނައިރު ރައްޔިތުން ކަންބޮޑުވާންޖެހޭ ކަންކަމަށް ރިއާޔަތްކޮށް ޕީއާރް ޖެއްސުމަށް ހިމަނާފައިވާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކެބިނެޓުން މި ނިންމުން ނިންމާފައިވަނީ ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އިތުރުކުރުމ…

މޫންފްލާވަރ 23

26 Oct 2026, 08:52 "ކޮންމެ ދުވަހަކީވެސް އާ ފެށުމެކެވެ. އަޅުކަމަށްފަހު ﷲއަށް ތަވައްކުލްކޮށްގެން ހިތްވަރާއެކު ދުވަސް ފަށާށެވެ. އިރާދަކުރެއްވިއްޔާ ރީތި މަންޒަރުތައް އޮތީ ކުރިއަށެވެ." *** ސިފްރާން މައި ސިޑިން ތިރިއަށް ފައިބަމުން ދިޔައީ އަތްދަށަށް އިމާރާތުގެ ޗާޓުތަކެއް ޖަހައިގެން އަދި އަނެއް އަތުން ބޯ ފައިލެއް ހިފަހައްޓައިގެން ހުރެއވެެ. އެވަގުތު ނޫކުލަ ވިދުވަރެއްހެން އޭނާއާ ދިމާލަށް އައިތަން ފެނުނެވެ. އޭނާއަށް އެންމެ ފަހު ކަރުދާސް ފައިލުގެ ތެރެއަށް ކޮއްޕާލެވުނީ ހަމަ އެވަގުތުއެވެ. "ބަލައިގެން ......."…

'އިންޑިއަން އައިޑޮލް'ގެ ކާމިޔާބީއަށްފަހު ވެސް ބޮލީވުޑްއިން ފުރުސަތުތައް ލިބުން ދަތި: އަބީޖީތު

26 Oct 2026, 08:57 މަޤުބޫލު ރިއަލިޓީ ޝޯ "އިންޑިއަން އައިޑޮލް"ގެ އެންމެ ފުރަތަމަ ސީޒަން 2004 ވަނަ އަހަރު ކާމިޔާބުކޮށް މުޅި އިންޑިއާގެ މަޤުބޫލުކަން ހޯދި އަބީޖީތު ސާވަންތު، އެ ތާރީޚީ ކާމިޔާބީއަށްފަހު ބޮލީވުޑްގެ ޕްލޭބެކް މިއުޒިކް އިންޑަސްޓްރީއަށް ވަނުމަށް ކުރިމަތިވި ދަތި އުނދަގޫތަކުގެ ހަނދާންތައް އަލުން އައުކޮށްފިއެވެ. ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޜަނުން އަލަށް ފެށި "އިންޑިއަން އައިޑޮލް: ލެޖެންޑްސް ރިޓާން"ގެ ސްޓޭޖަށް ވާދަވެރިއެއްގެ ގޮތުގައި އެނބުރި އައުމަށްފަހު އޭނާ ބުނީ، އެ ދުވަސްވަރުގެ ރިއަލިޓީ ޝ…

ލަވަކިޔަމުން ދަނިކޮށް ޝިލްޕާގެ މައިކް ކަނޑާލި މައްސަލަ، ސިނަމާ މަސައްކަތްތެރިންގެ ޖަމިއްޔާއިން ކުށްވެރިކޮށްފި

26 Oct 2026, 08:59 އިންޑިއާގެ މުމްބާއީގައި ބޭއްވި 'ބޮލީވުޑް މިއުޒިކް ޕްރޮޖެކްޓް'ގެ 10 ވަނަ އަހަރީ އެޑިޝަންގެ ސްޓޭޖްމަތީގައި ލަވަކިޔަމުން ދަނިކޮށް، ޤައުމީ އެވޯޑް ހާސިލުކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޝިލްޕާ ރާއޯގެ މައިކާއި އަލިތައް ކުއްލިއަކަށް ކަނޑާލި މައްސަލަ އޯލް އިންޑިއާ ސައިން ވޯކާސް އެސޯސިއޭޝަން (އޭއައިސީޑަބްލިއުއޭ)އިން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ. އެ ޖަމިއްޔާއިން އިއްޔެ ނެރުނު ރަސްމީ ބަޔާނެއްގައި، އިންތިޒާމުކުރި ފަރާތްތަކުގެ މި އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ފަދަ …

'ވެންސްޑޭ' އަށް ފަހު ޖެނާ އޯޓޭގާ ޓީވީ ސްކްރީނާ ދުރަށް، ދެން ފެންނާނީ ބޮޑު ސްކްރީނުން

26 Oct 2026, 09:06 ނެޓްފްލިކްސްގެ ރެކޯޑު މުގުރާލި މަޤުބޫލު ސީރީޒް 'ވެންސްޑޭ'ގެ މަސައްކަތްތައް ނިމުމަކަށް އައުމާ އެކު، ކުޑަ ސްކްރީނުގެ ޓީވީ ޝޯތަކުން ދުރަށް ޖެހިލަން ނިންމާފައިވާކަން އެ ސީރީޒްގެ މައި ތަރި ޖެނާ އޯޓޭގާ ހާމަކޮށްފިއެވެ. ސީބީއެސްގެ ސިޓްކޮމް 'ރޮބް'އިން 2012 ވަނަ އަހަރު އެކްޓިން ކެރިއަރު ފެށި އޯޓޭގާ މިހާރު ވިސްނަމުންދަނީ ޓީވީ ސީރީޒްތައް ވަގުތީ ގޮތުން މެދުކަނޑާލައި، ބޮޑު ސްކްރީނުން ލިބެމުންދާ ފިލްމީ ފުރުސަތުތަކަށް އިސްކަންދޭށެވެ. އޭނާ މިކަން ހާމަކޮށްފައި މިވަނީ 'ވެންސްޑޭ'ގެ ތިންވަނަ ސީޒަނ…

ސޫރިޔާގެ އަލްޤަނީޠިރުގައި ޔަހޫދީންގެ ދަނޑުބިންތައް ސުންނާފަތި ކުރަނީ

ސޫރިޔާގެ އުތުރުގައި އޮންނަ އަލްޤަނީޠިރަށް ޔަހޫދީ ސިފައިން އަރައި، އެ ސަހަރުގައި ވަގުތީ ޗެކްޕޮއިންޓުތައް ޤާއިމްކޮށް ޢާންމުން ބަލައި ފާސްކޮށްފިއެވެ. ޔަހޫދީންގެ ގިނަ އަސްކަރީ އުޅަނދުތަކެއް ވަނީ އަލްޤަނީޠިރުގެ ޖުބާތާ އަލް-ޚަޝަބް އަވަށާއި ޢައިން އަލް-ބައިދާ އަވަށް ގުޅުވައިދޭ މަގުގައި ދަތުުރުކޮށްފައެވެ. ޔަހޫދީ ސިފައިން ވަނީ އެ މަގުގައި ވަގުތީ ޗެކްޕޮއިންޓެއް ޤާއިމްކޮށް އެ ސަރަޙައްދުން ދަތުރުކުރި މީހުން ހުއްޓުވައި ފާސްކޮށްފައެެވެ. ނަމަވެސް މިހާރު ވަނީ އެ ޗެކްޕޮއިންޓު ރޫޅާލައިފައެވެ. ޔަހޫދީ އަސްކަރިއްޔާއ…

ފެނުމުގެ ބާރު ކެނޑުމުގެ ސަބަބުން އިނގިރޭސި ސިނަމާގެ ލެޖެންޑް ޖޫޑީ ޑެންޗް ފިލްމީ ދާއިރާއާ ދުރަށް

26 Oct 2026, 09:09 ޢުމުރުން ދުވަސްވުމާ ގުޅިގެން ދިމާވާ ލޮލުގެ ދާއިމީ ބައްޔެއް ކަމަށްވާ "އޭޖް ރިލޭޓެޑް މެކިއުލާ ޑީޖެނެރޭޝަން" (އޭއެމްޑީ)ގެ ސަބަބުން، އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ބަތަލާ ޖޫޑީ ޑެންޗަށް ފިލްމު ކުޅުމާއި، ސްޓޭޖް ޑްރާމާތައް ކުޅުމުގެ އިތުރުން ލިޔުންތައް ކިޔެވުމަށްވެސް ނުކުޅެދިއްޖެއެވެ. ލޮލުގެ އެތެރޭގައި ސާފުކޮށް ސީދަލަށް ފެނުމަށް އެހީތެރިވެދޭ "މެކިއުލާ" ހަލާކުވަމުންދާތީ، އެކަމުގެ އަސަރު އުމުރުން 91 އަހަރުގެ ބަތަލާގެ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް ފޯރާފައެވެ. ބީބީސީ ރޭޑިއޯ ފޯގެ "ޓުޑޭ" …

Loading fresh headlines…