Live 358,359 stories Updated Oct 26, 2026
Browse topics All stories

Latest stories

Live feed

ފުނަދޫ އަލިފާނުގެ ހާދިސާ: 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ. އެންޑީއެމްއޭއިން ވިދާޅުވީ، ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެ…

މައްކާ އަދި މަދީނާއަށް ހަމަލާ އަމާޒުކުރުމަކީ ޖަރީމާއެއް: ޝައިޚް އަލް ސުދައިސް

މައްކާއާއި މަދީނާއަށް އަމާޒުކޮށް ޔަމަނުގެ ޙޫޘީން ދެމުންދާ ހަމަލާތައް ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ ރިޔާސަތުގެ އިސްވެރިޔާ ޝައިޚް އަބްދުއްރަޙްމާން އަލް-ސުދައިސް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން މުޤައްދަސް ދެ ރަށް ކަމުގައިވާ މައްކާއާއި މަދީނާއަށް އަމާޒު…

އެތައްހާސް ދިވެހި އުފެއްދުންތަކާއެކު މައުރަޒު ފަށައިފި

އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ފަށައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި މައުރަޒު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކާ މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހ…

ޓީސީ ބަލިކޮށް ބިސްބުރަށް ހިތްހަމަޖެހުމެއް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި މޮޅާއެކު ބިސްބުރު ސްޕޯޓްސް ކުލަބުން ހިތްހަމަޖެހުމެއް ހޯދައިފިއެވެ. ކުރިއަށް އޮތް ދިގު ބައިނަލްއަގްވާމީ ބްރޭކަށް ދިވެހި ލީގުގެ ކުޅުން މެދުކަނޑާލާއިރު، މިއީ މި ދެ ޓީމަށް ވެސް ލީގުގައި ކުޅެން އޮތް ފަހު މެޗެވެ. މި މެޗުން މޮޅެއް ހޯދައ…

އެމްއެންޔޫއިން ދެމެހެއްޓެނިވި ތަރައްޤީގެ ރިޕޯޓެއް ނެރެފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި، ޒިންމާދާރުކަމާއެކު އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ ހިއްސާ ހާމަކޮށްދޭ "ސަސްޓެއިނަބިލިޓީ ރިޕޯޓް 2025" ރަސްމީކޮށް ނެރެފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެނެޓުން ރަސްމީކ…

Loading fresh headlines…