ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި، ޒިންމާދާރުކަމާއެކު އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ ހިއްސާ ހާމަކޮށްދޭ "ސަސްޓެއިނަބިލިޓީ ރިޕޯޓް 2025" ރަސްމީކޮށް ނެރެފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެނެޓުން ރަސްމީކޮށް ފާސްކޮށްފައިވާ މި ރިޕޯޓް ނެރެދެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ސެނެޓް ގެ މެންބަރުންނާއި، އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެންޔޫއިން ވިދާޅުވީ، މި ރިޕޯޓުގައި މިދިޔަ އަހަރުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށް ޔުނިވަރސިޓީން ހިންގި ހަރަކާތްތަކާއި، ހާސިލުކުރި ކާމިޔާބީތައް ތަފްސީލީ ގޮތެއްގައި ހިމަނާފައިވާ ކަމަށެވެ. އަދި ޤައުމީ ތަރައްޤީގެ އިސްތިރާޖުތަކާއި ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާ ކުރިއެރުވުމުގައި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ދައުރު މި ރިޕޯޓުން ހާމަކޮށްދޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހައިސިއްޔަތުން، ދެމެހެއްޓެނިވި އަދި އެންމެން ބައިވެރިވާ، ހަރުދަނާ މުސްތަޤުބަލެއް ބިނާކުރުމަށް އޮތް މަސްއޫލިއްޔަތު މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށްވެސް އެމްއެންޔޫއިން ފާހަގަކުރެއެވެ. މިގޮތުން، ކިޔަވައިދިނުމާއި، ދިރާސާކުރުމާއި، އެކި ފަރާތްތަކާއެކު އޮންނަ ގުޅުންތަކާއި، އިޖުތިމާޢީ ހިދުމަތްތަކުގެ ތެރެއިން، ރާއްޖޭގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެ ޔުނިވަރސިޓީން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.
The Maldives National University (MNU) has officially launched its 2025 Sustainability Report, reaffirming its commitment to sustainability, accountability and the advancement of the United Nations Sustainable Development Goals (SDGs).
Launched by Vice-Chancellor Dr. Shehenaz Adam and endorsed by the University Senate, the report highlights MNU’s sustainability initiatives, achievements and contributions across the 17 SDGs, reflecting the University’s role in supporting national development priorities and building a sustainable future for the Maldives.
Through education, research, partnerships and community engagement, MNU continues to strengthen its commitment to creating a more sustainable, inclusive and resilient future.
#MNU #SustainabilityReport2025 #SDGs #SustainableDevelopment #HigherEducation— The Maldives National University (@MNUedu)October 25, 2026
މި ރިޕޯޓަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ 17 ލަނޑުދަނޑި ހާސިލުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ޚުލާސާއެކެވެ. މީގެ ތެރޭގައި ޞިއްޙަތާއި ދުޅަހެޔޮކަން، ފެންވަރު ރަނގަޅު ތަޢުލީމު، މިންތީގެ ހަމަހަމަކަން، އެކަށީގެންވާ މަސައްކަތާއި އިޤްތިޞާދީ ކުރިއެރުން، އީޖާދީ އައު އުފެއްދުންތެރިކަން، ތިމާވެށީގެ ދެމެހެއްޓެނިވިކަން، ހަރުދަނާ މުއައްސަސާތައް ބިނާކުރުން އަދި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ގުޅުންތައް ބަދަހިކުރުން ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން، މި ލަނޑުދަނޑިތައް ހާސިލުކުރުމުގައި ޔުނިވަރސިޓީގެ ފެކަލްޓީތަކާއި، ޑިޕާޓްމަންޓްތަކާއި، ކެމްޕަސްތަކުގެ އިތުރުން ބައިވެރިވާ އެކި މުއައްސަސާތަކުން އަދާކުރާ ދައުރު މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެމްއެންޔޫއިން ވިދާޅުވީ، މި ރިޕޯޓު ނެރުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ޔުނިވަރސިޓީގެ ހުރިހާ ދާއިރާއެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މީގައި ތަޢުލީމީ މާހިރުންގެ ތަޖުރިބާއާއި، މުއައްސަސާގެ އިސްނެގުމާއި، އިޖުތިމާއީ ބައިވެރިވުން ހިމަނައިގެން
ޤައުމީ އިސްތިރާތީޖީތަކަށް އެއްބާރުލުން ދިނުމަށް އަމާޒު ހިފާފައިވާނެ ކަން ފާހަގަކުރައްވާ، މިފަދަ މަސައްކަތްތައް ރަސްމީކޮށް ލިޔެކިޔުމުން ބެލެހެއްޓުމުގެ މަޤްޞަދަކީ ޔުނިވަރސިޓީގެ ޒިންމާދާރުކަން އިތުރުކުރުމާއި، ކުރެވޭ މަސައްކަތްތަކުގެ ފެންނަން އޮތް މިންވަރު ފުޅާކުރުމުގެ އިތުރުން، ހެކީގެ މައްޗަށް ބިނާވެފައިވާ ރޭވުންތަކާއި ނިންމުންތަކަށް މަގުފަހިކުރުން ކަމަށް އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.
އެމްއެންޔޫއިން ވިދާޅުވީ، ޔުނިވަރސިޓީގެ ސެނެޓުން މި ރިޕޯޓު ބަލައިގަނެ ތާއީދުކުރުމަކީ، ދެމެހެއްޓެނިވި ތަރައްޤީއަކީ މުއައްސަސާގެ މައިގަނޑު އިސްކަމެއްގެ ގޮތުގައި ކަނޑައެޅިގެންދިޔަ ކަމެއް ކަމަށެވެ. އަދި މިއީ ޔުނިވަރސިޓީގެ ކުރިމަގުގެ ސިޔާސަތުތަކާއި، މަސައްކަތްތައް ބަލާ މިންގަނޑުތަކާއި، ކުރިއަށް އޮތް މަޝްރޫޢުތަކުގައި ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތައް ހިމެނުމަށް ލިބުނު ވަރުގަދަ ބިންގަލެއްގެ ގޮތުގައި އެމްއެންޔޫއިން ފާހަގަކުރެއެވެ.
2025"ވަނަ އަހަރުގެ ދެމެހެއްޓެނިވި ތަރައްޤީގެ ރިޕޯޓު" ޝާއިޢުކުރުމާއެކު، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރާ އިޚްލާޞްތެރި މަސައްކަތްތައް އަލުން ކަށަވަރުވެގެންދާ ކަމަށްވެސް އެ ޔުނިވަރސިޓީން ވިދާޅުވިއެވެ. އަދި ރާއްޖޭގެ
ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމުގައި މަތީ ތަޢުލީމުގެ ދައުރު ހަރުދަނާކުރުމަށް ޔުނިވަރސިޓީން ދޭ ސަމާލުކަން މިކަމުން ހާމަވެގެންދާ ކަމަށްވެސް ގައުމީ ޔުނިވާސިޓީން ފާހަގަކުރެއެވެ.