Live 352,066 stories Updated Jul 18, 2026
Browse topics All stories

Latest stories

Live feed

ބުރުގެ އައު ކޯޗަކަށް ސްޕެއިންގެ ރޮޑްރީގޭޒް

މިދިޔަ ސީޒަނުގެ ދިވެހި ލީގުގެ ހަތަރުވަނަ މަގާމު ހޯދި ބުރު ސްޕޯޓްސް ކުލަބުގެ އައު ކޯޗަކަށް، ސްޕެއިންގެ ކްރިސްޓިއަން ރޮޑްރިގޭޒް ހަމަޖައްސައިފިއެވެ. އުމުރުން 28 އަހަރުގެ ރޮޑްރިގޭޒް ބުރުގެ ކޯޗުކަމަށް ހަމަޖައްސައި އޭނާއާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މިދިޔަ ސީޒަނުގައި ބުރުގެ ކޯޗެއްގެ ގޮތުގައ…

މަޖިލީހުގައި ރައްޔިތުންނަށް ދަތިވާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަނީ އޮޅުވާލައްވައިގެން: މެންބަރު ޝާކިރު

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންނަށް ދަތިވާ ކަންކަމާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން މިސަރުކާރުގެ ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ޖަވާބު ދެއްވަނީ އޮޅުވާލައްވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ޝާކިރު ވިދާޅުވެއްޖެ އެވެ.

އައްޑޫ، ފުވައްމުލަކު ނޭޗަރ ޕާކު އިތުރަށް ތަރައްގީކުރަނީ

އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް، އަލުން ތަރައްޤީކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ. އެވުޒާރާއިން ވަނީ އެތަންތަނުގެ ފެންވަރު މަތިކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން…

ޑިޒައިނަށް ބަދަލުގެނެސް އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހު އަޅަނީ

ކަނދުފަތީގެ ޑިޒައިނަށް ބަދަލުގެނެސް އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހު އަޅާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ކަނދުފަތީގެ ޑިޒައިނަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރީ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން، އެފްއ…

އީރާނުން 6 ޤައުމެއްގެ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދީފި

އީރާނާ ދެކޮޅަށް އެމެރިކާއިން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ރައްދު ދިނުމުގެ ގޮތުން، އެއް ދުވަހެއްގެ ތެރޭގައި ހަ ޢަރަބި ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ކުވައިތު، ޤަޠަރު، ބަޙްރައިން، އުރުދުން، ޢުމާން އަދި ސޫރިޔާގައި ހު…

"ބޭސް ލިބުމުގެ ދަތިކަން ހައްލުކުރެވޭނީ ބޭނުންވާ ބޭސްތައް ދުރާލާ އެނގިގެން"

ބޭސް ލިބުމުގައި ހުރި މައްސަލަ ހައްލުކުރެވޭނީ، ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ އެނގިގެން ކަމަށާއި އެކަން އެނގޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

Loading fresh headlines…