Live 5,572 stories Updated Sep 22, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް އެންމެ މުހިންމު ވަސީލަތަކީ އދ: އިރުތިޝާމް

ސެޕްޓެމްބަރު 21، 1965 ގައި ރާއްޖެއިން އދ.ގެ މެންބަރުކަން ހޯދި ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމަށާއި މަޞްލަޙަތުތައް ހިމާޔަތްކުރުމަށް އެންމެ މުހިންމު ވަސީލަތަކީ އދ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ރަސްމާލެއަށް ސަރުކާރުން ގެންނަ މަޝްރޫއަކީ ފައިދާހުރި މަޝްރޫޢުއެއް: ނަޝީދު

ރަސްމާލެއަށް މި ސަރުކާރުން ގެންނަ މަޝްރޫއަކީ މުސްތަގްބަލަށް ބަލާނަމަ ފައިދާކުރަނިވި މަޝްރޫޢުއެއް ކަމުގައި އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޤަތަރުގެ އަމީރުގެ ކޮއްކޯފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކޮއްކޯފުޅު، ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޝައިޙް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް ބިނާކުރަން ސޮއިކޮށްފި

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި، ހުޅުމާލޭގައި ޚާއްޞަ މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ޔޫއޭއީގެ ކުންފުންޏަކާއެކު ސޮއިކޮށްފި

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޓެކްސް ނުދައްކާ 33 ފަރާތެއްގެ ނަން ހާމަކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައަޅައި މީރާއިން އަންގާފައިވާ އެންގުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ 33 ފަރާތެއްގެ ނަން އެ އިދާރާއިން އާންމުކޮށްފިއެވެ.

ޣާޒީ ބިލްޑިންގ ހުރި ބިމުގައި ހަދާ ޕާކިން ޒޯން މިހަފުތާގައި ހުޅުވާލާނެ!

ޣާޒީ ބިލްޑިންގ ހުރި ސަރަޙައްދުގައި ހަދާ ޕާކިން އޭރިއާގެ މަސައްކަތް ނިންމާ އަންނަ ހުކުރު ދުވަހު ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް ބިނާރާ ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޖައިކާއިން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެއްގައި ދިވެހި ފުލުސް އޮފިސަރަކު ބައިވެރިވެއްޖެ

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޖަލުތަކާއި ގައިދީން ބެލެހެއްޓުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.

މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގް ފަށައިފި

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އާއި ޗައިނާގެ ހައިނާން ޔުނިވަސިޓީ ގުޅިގެން، މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގްއެއް މިއަދު ފަށައިފިއެވެ.

Loading fresh headlines…