Live 5,570 stories Updated Oct 10, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ޤައުމެއް ދިރޭނީ ދަރީންނަށް ފެންވަރު ރަނގަޅު ތަޢުލީމު ދެވިގެން: ހީނާ

ޤައުމެއް ދިރޭނީ އެޤައުމެއްގެ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި އިސްލާމީ މާތް އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ތަރުބިއްޔަތެއް ދަރީންނަށް ދެވިގެން ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ނަފްސާނީ ދުޅަހެޔޮކަން ބައްޓަންވަނީ އަޑު އަހައި، ހިތްވަރު ދިނުމުގެ މައްޗަށް: ސާޖިދާ

ނަފްސާނީ ދުޅަހެޔޮކަން ބައްޓަން ކުރެވެނީ ލިބޭ ފަރުވާއާއި، ދިރިއުޅޭ މުޖުތަމައުތަކާއި، އަނެކާގެ އިހުސާސްތައް އަޑު އަހައި ހިތްވަރު ދިނުމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޤައިދީން އިސްލާހުކުރުމަކީ ތަމްރީންވެގެން ނުކުންނަ އޮފިސަރުންގެ ވެސް ޒިންމާއެއް: ވަޒީރު

ޖަލުގައި ތިބޭ ޤައިދީން އިސްލާހުކޮށް، މުުޖުތަމަޢު ބަލައިގަންނާނެ ފަދަ ފަރުދަކަށް އެ މީހުން ހެދުމަކީ ތަމްރީންވެގެން ނުކުންނަ އޮފިސަރުންގެ ވެސް ޒިންމާއެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޑްރަގާއެކު ވިލިމާލެއިން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

އިއްޔެ ދިވެހި ފުލުހުންގެ ހިދުމަތުން ވިލިމާލޭގައި ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަންގައި މަޝްހޫރު ފިލްމީ ތަރިން ހިމެނޭހެން ހައްޔަރުކުރި 4 މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

Loading fresh headlines…