ދުނިޔޭގެ ފެނުމުގެ ދުވަސް ނުވަތަ "ވޯލްޑް ސައިޓް ޑޭ" ފާހަގަކުރުމުގެ ގޮތުން، އައިކެއާ އިން ކަސްޓަމަރުންނަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އައިކެއާއިން ބުނި ގޮތުގައި، މި އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ކަނޑައެޅިފައިވާ ޕްރިސްކްރިޕްޝަން ލެންސް ގަންނަ ފަރާތްތަކަށް، ހޮވާލެވޭ ފްރޭމްތަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. އަދި މި އޮފަރ އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ އައުޓްލެޓްތަކެއްގައި ކުރިއަށްދާނެ ކަމަށްވެސް އައިކެއާއިން ބުނެއެވެ.

އައިކެއާއިން ބުނީ، މި އޮފަރ ލިބެނީ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޒައިސް (ZEISS)، ހޯޔާ (Hoya) އަދި ނޯވާ (Nova) ގެ ސިންގަލް-ވިރަން ނުވަތަ ޕްރޮގްރެސިވް ޕްރިސްކްރިޕްޝަން ލެންސާއެކު ބައްލަވައިގަންނަ ފްރޭމްތަކަށް ކަމަށެވެ.

ލެންސަކީ މުޅި ދުވަހު ފެނުމުގެ ފެންވަރު ކަނޑައަޅައިދޭ މުހިންމު ބަޔަކަށް ވާތީ، އުމުރާއި، މަސައްކަތުގެ މާހައުލާއި، ސްކްރީން ބޭނުންކުރާ މިންވަރަށް ބަލައި އެންމެ ރަނގަޅު ލެންސް އިހްތިޔާރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަން ފާހަގަކޮށް އައިކެއާއިން ބުނީ ކަސްޓަމަރުންގެ ލޮލުގެ ފެނުމުގެ ބޭނުންތަކަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އެންމެ އެކަށޭނަ ފްރޭމާއި ލެންސް ހިޔާރުކުރުމަށް އައިކެއާގެ ފަންނީ ޓީމުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ދުނިޔޭގެ ފެނުމުގެ ދުވަސް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ލޮލުގެ ސިއްހަތުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. މި ދުވަހާ ގުޅުވައިގެން އައިކެއާ އިން ވަނީ، އަމިއްލަ ލޮލުގެ ސިއްހަތަށް އިސްކަންދީ، ގަވާއިދުން ލޯ ޓެސްޓުކުރުމަށާއި، ފެނުމަށް އެއްވެސް ބަދަލެއް އަންނަނަމަ ލަސްނުކޮށް ފަންނީ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައެވެ. ސަބަބަކީ ފެނުމަށް އަންނަ ބަދަލުތަކަކީ ވަގުތުން ފާހަގަނުކުރެވި، މަޑުމަޑުން އަންނަ ބަދަލުތަކަކަށް ވެދާނެތީއެވެ.

ލަވް ޔޯ އައިސް" ޝިއާރުގެ ދަށުން އައިކެއާ އިން ކުރިއަށްގެންދާ މި އޮފަރ މި ހިނގާ އޮކްޓޯބަރު 31 ގެ ނިޔަލަށް އައިކެއާގެ ހުރިހާ ފިހާރައަކުން ލިބެން ހުންނާނެ ކަމަށް އައިކެއާއިން ބުނެފައިވާއިރު އައިކެއާގެ މެންބަރޝިޕް އޮންނަ ފަރާތްތަކަށް ލެންސުން ލިބޭ އިތުރު ޑިސްކައުންޓްތައްވެސް މި މުއްދަތުގައި ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް އައިކެއާގެ ވެބްސައިޓަށްhttps://eyecare.mv/offersނުވަތަ އެންމެ ކައިރީގައި ހުރި އައިކެއާ އައުޓްލެޓަކަށް ޒިޔާރަތްކުރުމަށް އައިކެއާއިން ބުނެއެވެ.